ޚަބަރު

ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ލަސްކުރީ ލީޑަރޝިޕުން ބޭނުންވާ ބަޔަކަށް އެކަނި ޓިކެޓް ދޭން, އަދި އެހާލަތުގައި ހިންހަމަ ނުޖެހޭ ފަރާތްތަކައް ޔާމިންގެ ޓިކެޓްގައި ވާދަ ކުރުމަށް ވަގުތު ނުދިނުމަށް!

ދިޔަވަރު
ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ލަސްކުރީ ލީޑަރޝިޕުން ބޭނުންވާ ބަޔަކަށް އެކަނި ޓިކެޓް ދޭން, އަދި އެހާލަތުގައި ހިންހަމަ ނުޖެހޭ ފަރާތްތަކައް ޔާމިންގެ ޓިކެޓްގައި ވާދަ ކުރުމަށް ވަގުތު ނުދިނުމަށް!

ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ލަސްކުރީ ލީޑަރޝިޕުން ބޭނުންވާ ބަޔަކަށް އެކަނި ޓިކެޓް ދޭންކަމަށާއި, އަދި އެހާލަތުގެ ލީޑަރޝިޕްގެ ނިންމުމާމެދު ހިންހަމަ ނުޖެހިގެން ރައީސް ޔާމިންގެ އެންޑޯސްމަންޓް ހޯދައިގެން އެމަނކުފާނުގެ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކޮށްފާނެތީ އެފުރުސަތު ލިބުނަ ނުދިނުމަށް ކަމަށް, ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅަކު, ނަން ނުޖެހުމަށް ޝަރުތިކޮށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފިއެވެ.

"ދިޔަވަރު އޮންލައިން" މައުލުމާތުދިން އިސް އޮފިޝަލް ވިދާޅުވީ, އަންނަ ޖެނުއަރީމަހުގެ ފަހުކޮޅާއި ހަމައަށް ދާއިރު, ރައީސް ޔާމިންގެ ޕާޓީން ވާދަކުރާ ފަރާތްތައްވެސް ގާތްގަޑަކަށް ކަހަލަގޮތަކަށް އޮންނާނީ ޔަގީން ކުރެވިފައި ކަމަށާއި, ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ވިސްނާފަވަނީ, ޕްރައިރީގައި ވާދަކުރުމަށް ފުރުސަތު ނުދީ ލީޑަރޝިޕުން ބޭނުންވާ ބަޔަކަށް ޓިކެޓް ދިނުމަށް ކަމުގައެވެ.

އެ ހާލަތުގައި ޓިކެޓް ނުލިބޭ ފަރާތްތަކުން ހިންމަހަނުޖެހުން ފާޅުކޮށް, ރައީސް ޔާމިންގެ އެންޑޯސްމަންޓް ހޯދައިގެން މަޖިލިސް އިންތިޚާބުގައި ވާދަ ކުރާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ގަބޫލުކުރާކަމަށްވެސް ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގެ ބޭފުޅާ ވިދާޅުވިއެވެ.

އެހެންނަމަވެސް އަންނަމަހު 20ގައި ޕްރައިމަރީ ބާއްވާގޮތަށް ނިންމުމުން, އެހާތަނުން ހިންހަމަ ނުޖެހޭ ފަރާތްތަކަށް އެހެން ޓިކެޓެއްގައި ވާދަކުރުމުގެ ފުރުސަތި ނޯނާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ދެކޭކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެއްސި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މިހާރުވަނީ އަންނަ ޖެނުއަރީމަހު ބާއްވާގޮތަށް ފަސް ކޮށްފައެވެ.

ޕީޕީއެމް/ޕީއެންސީ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޕްރައިމަރީ ފަސްކުރަން ޖެހުނީ މި މަހުގެ 23 ވަނަ ދުވަހަކީ ސްކޫލް ޗުއްޓީ ދުވަސްވަރަށް ވުމާއެކު، ވަރަށް ގިނަ ބަޔަކު އެކި ބޭނުންތަކަށް ގައުމުން ބޭރަށްދާތީ، ޕްރައިމަރީ ފަސްކޮށްދިނުމަށް އެދެމުންދާތީ ކަމުގައެވެ. އެ ސަބަބާހެދި އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ޕްރައިމަރީ ފަސްކޮށްފައިވާ ކަމަށް އިއުލާންގައި ބުނެފައި ވެއެވެ.