ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ, ކުރީގެ ރައީސް ޔާމިނަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުނަ ނުދިނިމަށް, ރައީސް ޔާމިން މަޖިލިސް އިންތިޚާބުގެ ކުރިން މިނިވަން ނުކުރުނަށް ރައީސް މުއިއްޒު ނިންމަވާފައިވާކަން, ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅަކު "ދިޔަވަރު އޮންލައިން"އަށް ޔަގީން ކޮށްދީފިއެވެ.
ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އިސް އޮފިޝަލް ވިދާޅުވީ, ރައީސް ޔާމިން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށްވެސް, އަދި މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ވަޑައިގަތުމުގެ ފުރުސަތުވެސް ނުދެއްވުމަށް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕަށް ނިސްބަތްވާ, ދެޕާޓީގެވެސް އިސް ފަރާތެއް ނަން ނުޖެހުމަށް ޝަރުތުރުކޮށް ވިދާޅުވީ, ރައީސް ޔާމިންގެ ބަންދަށް ރައީސް މުއިއްޒު ލުއިވެސް ނުދެއްވާނެ ކަމަށާއި, ރައީސް ޔާމިންއަށާއި ޕާޓީއަށް ރައްޔިތުންގެ މަޖިލިހުގެ އެންމެ ގޮނޑިއެއްވެސް ލިބިގެން ނުދާނެކަން ކަށަވަރު ކުރައްވަން ބޭނުންފުޅު ވާކަމުގައެވެ.
ރައީސް ޔާމިންގެ ބަންދަށް ލުއިތަކެއް ހޯދެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން މިއަދު ހުށަހަޅުއްވި ނަމަވެސް ކަރެކްޝަންސްއިން ވަނީ ރައީސް ޔާމިންއަށް ލުއި ނުދޭން ނިންމާ ޕާސަޕޯޓު ހިފަހައްޓާގައެވެ.
ބަނދުގައި ހުންނެވި ނަމަވެސް ޔާމިންގެ ގެނަދަވަނީ އެމަނިކުފާނު އުފައްދަވާ ސިޔާސީ ޕާޓީގެ ހަރަކާތްތަކުގެ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ކަރެކްޝަންސްއިން ގެންދަނީ އެ މައްސަލަ ތަހުގީގުވެސް ކުރަމުންނެވެ.
ކަރެކްޝަންސްއިން ބުނެފައިވަނީ, ރައީސް ޔާމީންގެ ބަންދަށް ލުއިތަކެއް ހޯދުމަށް އެދިފައިވީނަމަވެސް، ޤާނޫނީ ފުށު އެރުންތަކެއް ހުރުމުން އިތުރު ލުއިތަކެއް ދެވެން ނެތްކަން އަންގާފައިވާ ކަމަށެވެ.