ޚަބަރު

ގާސިމްގެ އިތުރަށް، ނާޒިމް އާއި ޝިޔާމު އާއި މުއިއްޒު މިއަދު ބައްދަލު ކުރާނެ

ދިޔަވަރު
ގާސިމްގެ އިތުރަށް، ނާޒިމް އާއި ޝިޔާމު އާއި މުއިއްޒު މިއަދު ބައްދަލު ކުރާނެ

ޖޭޕީގެ ލީޑަރު ގާސިމްގެ އިތުރުން ރާއްޖޭގެ އިތުރު ދެ ސިޔާސީ ޕާޓީއެއްގެ ލީޑަރުންނާއި މުއިއްޒު މިއަދު ބައްދަލުކުރަން ނިންމަވާފައިވާކަން އެނގިއްޖެ އެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އާއި އަދި އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުހައްމަދު ނާޒިމްއާ އާއި މިއަދު ބައްދަލު ކުރައްވާނެ ކަމުގެ މައުލޫމާތު ރައީސް އޮފީހުން ދިޔަވަރު އަށް ވަނީ ލިބިފައެވެ.

އަދި މި ބައްދަލު ވުމުގައި މަޖިލީސް އިންތިހާބާއި ބެހޭ ގޮތުން ވާހަކަ ދައްކާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިން ފަރާތުން ހާމަ ކުރެއެވެ.

މުއިއްޒު ގާސިމް އާއި ބައްދަލު ކުރެއްވި އިރު، އޭނާ ރިޔާސީ އިންތިހާބުގައި ހުރިހާ ކަމެއް ކޮށްފައިވަނީ އެމްޑީޕީއަށް ގެއްލުން ވާނެ ހެންނެވެ. އަދި ނާޒިމް އެންމެ ފުރަތަމަ ވެސް ހުންނެވީ މުއިއްޒާއި އެއްކޮޅަށެވެ. އަދި ދެވަނަ ބުރުގައި އެކަން ކަށަވަރު ކޮށް މުއިއްޒަށް ތާޢީދު ކުރާކަން ހާމަ ކުރިއެވެ. ކެމްޕެއިން ފެށިގެން ފުރަތަމަ ބުރު ނިމި، ދެވަނަ ބުރުގެ ވޯޓަށް 2 ދުވަހަށް ވަންދެން ޝިޔާމު ރައީސް ސޯލިހް އާއި އެކު، ހުންނެވުމަށް ފަހު ކޮޅު ބަދަލު ކޮށް، މުއިއްޒަށް ސަޕޯޓް ކުރެއްވިއެވެ.

އެހެންކަމުން، މި އެންމެންވެސް، މަޖިލީސް އިންތިހާބު ގައި، ޕީޕީއެމް/ޕީއެންސީ އާއި އެއް ގަލަކަށް އަރާނެ އެވެ. އަދި ވީހާވެސް ގިނަ ބަޔަކު މަޖިލީހަށް ނެރެ، އެމްޑީޕީއަށް ވޯޓު މަދުވާނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރާނެ ކަމަށް ބެލެވެއެވެ.