ޚަބަރު

ފުށި ދިއްގަރު ފަޅުފުގެ އެމްޓީސީސީ ކޮރަޕްޝަން: އެތައް މިލިއަނެއް މުއިއްޒަށް! އޭސީސީއިން މައްސަލަ ބަލަން ފަށައިފި!

ދިޔަވަރު
ފުށި ދިއްގަރު ފަޅުފުގެ އެމްޓީސީސީ ކޮރަޕްޝަން: އެތައް މިލިއަނެއް މުއިއްޒަށް! އޭސީސީއިން މައްސަލަ ބަލަން ފަށައިފި!

ފުށި ދިއްގަރު ފަޅުފު ހިއްކުމަށް ބޭނުންވާ މަސައްކަތް ފަށާގަތުން ހިންގާފައިވަނީ ކޮރަޕްޝަން އޭގައި ހިމެނޭ ގޮތަށް ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. ފުށި ދިއްގަރުފަޅު ހިއްކުމަށް އެތަން މޯބަލައިޒްކޮށް މަސައްކަތް ފަށައިގަތުމަށް، އެމްޓީސީސީއަށް އަންގާފައި ވަނީ، ކެޕްޓަލް މެރިން އަދި ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑ އިންނެވެ.

އެމްޓީސީސީ ގެ ސިއީއޯ އަބްދުﷲ ޒިޔާދު ވަނީ އެއްވެސް އޮފިޝަލް އެއްބަސްވުމަކާއި ނުލައި، މި މަސައްކަތް ފަށައިގަތުމަށް އެމްޓީސީސީއަށް އަންގާފައެވެ. މި ގޮތުން "ޖެން ޑި ނަލް" ގެ ފަރާތުން އެމްޓީސީސީއިން ކުއްޔަށް ހިފާފައި އޮތް ޑްރެޖަރެއް ފުށިދިއްގަރު ފަޅު ހިއްކަން ވަނީ ގެން ގޮސްފައެވެ.

މި މަސައްކަތަށް އަގު ކޮށްފައިވަނީ 38.84 މިލިއަން ރުފިޔާއެވެ. މި ހަރަދު އެމްޓީސީސީ އިން ކުރާއިރު، މި މަސައްކަތުގެ ޚަރަދުތައް އެހެން ޕްރޮޖެކްޓްތަކުގެ ޚަރަދުގެ ގޮތުގައި ހިމެނުމަށްފަހު، މަޖިލީސް އިންތިހާބަށް މިއިން ބޮޑު އަދަދެއް ނަގައި، ބާކީ ބައި މި ކޮރަޕްޝަން ހިންގުމަށް މުއިއްޒަށް މަގު ކޮށައިދިން ފަރާތްތަކަށް ބެހުމަށް ވަނީ ނިންމާފައެވެ.

ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް މުއިއްޒު ކުރިންވެސް ހިންގާފައިވަނީ ވީހާވެސް ބޮޑަށް މައުލޫމާތު ފޮރުވައިގެންނެވެ. މި ގޮތަށް ކޮރަޕްޝަން ހިންގުމަށް ފަހު،. އޭސީސީއިން މައްސަލަ ބަލަން ފެށުމުން އޭސީސީގެ މައްސަލަ ބަލާ ފަރާތަށް ފައިސާ ދީގެން އެ މައްސަލަ މުއިއްޒާއި އެއްކޮޅަށް ނިންމައި، އެކަމުގައި ކޮރަޕްޝަން ނެތްކަމަށް އާންމުކުރުމަކީ މުއިއްޒު ކުރިން މިކަން ކޮށްފައިވާ ގޮތެވެ.

ދައުލަތުގެ ބަޖެޓުގައި މި ޕްރޮޖެކްޓަށް ފައިސާ ހަމަ ޖައްސާފައި ނުވާއިރު، ސަރުކާރުން މި ޕްރޮޖެކްޓް ބަޔަކަށް ދީފައިވަނީ ބިޑު ނުކޮށެވެ. އަދި ފުށި ދިއްގަރުފަޅު ހިއްކުމަށް ދާ ސީދާ އަގެއްވެސް ހާމަ ކޮށްފައި ނުވާ އިރު، ޕްރޮޖެކްޓަށް ފައިސާ ހޯދާނެ ގޮތެއްވެސް ސަރުކާރުން ބުނެދީފައެއް ނުވެއެވެ. އަދި ލޯނު ނަގާނަމަ، ކިހާވަރެއްގެ އިންޓަރެސްޓް ރޭޓެއްގައިތޯ ވެސް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

ކުއްލިއަކަށް މި ޕްރޮޖެކްޓް މަސައްކަތް ފަށާފައިވަނީ މަޖިލިސް އިންތިހާބަށް އެތައް މިލިއަން ރުފިޔާއެއް ހޯދުމަށް ކަމަށް ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ.