ޚަބަރު

ރާއްޖެއަށް ފަސޭހައިން މަސްތުވާތަކެތި ވެއްދޭ ގޮތަށް ކޮންޓެއިނަރު ސައިޓުތަކަށް ގެންދިޔުމަށްފަހު، ފަހުން ކްލިއާ ކުރާ ގޮތަށް ހަމަޖައްސައިފި

ދިޔަވަރު
ރާއްޖެއަށް ފަސޭހައިން މަސްތުވާތަކެތި ވެއްދޭ ގޮތަށް ކޮންޓެއިނަރު ސައިޓުތަކަށް ގެންދިޔުމަށްފަހު، ފަހުން ކްލިއާ ކުރާ ގޮތަށް ހަމަޖައްސައިފި

މާލޭ ވިޔަފާރި ބަންދަރަށް ގެންނަ މުދާ ކޮންޓެއިނަރުތައް ކްލިއާނުކޮށް، ސައިޓުތަކަށް ގެންގޮސް ފަހުން ކަސްޓަމްސް އޮފިސަރުން އެ ކޮންޓެއިނާތައް ފާސްކުރާ ގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް ކަސްޓަމްސް ކޮމިޝަނަރު ޔޫސުފް މާނިއު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މި ގޮތަށް މިކަން ކުރުމުން ރާއްޖެއަށް ފަސޭހައިން މަސްތުވާ ތަކެތި އެތެރެ ކުރެވޭނެއެވެ. އެގޮތުން ކޮންޓެއިނަރ ކެނޑުމަށްފަހު، ކޮންޓެއިނަރ އިން ގެނެސްފައި ހުންނަ މަސްތުވާތަކެތި ބޭރު ކުރުމަށް ފަހު، ކޮންޓެއިނާރ ގައި އާ ތަޅެއް ލުމަށްފަހު، ކަސްޓަމު އޮފިސަރުން ގެނެސް ކޮންޓެއިނަރ ރަސްމީކޮށް ކެނޑޭނެއެވެ.

މި ސަރުކާރު އުފެދިފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ގޭންގްތަކުގެ އެހީތެރި ކަމާއި އެކު ކަމުން، އެމީހުން އެދޭ ގޮތަށް ބަދަލުތައް ދަނީ ގެންނަމުންނެވެ. ނަމަވެސް މިކަން ކުރަން ނިންމާފައިވަނީ ކޮންޓެއިނަރ ބަހައްޓާނެ ޖާގަ ނެތް ކަމަށް ބުނެއެވެ.

މާނިއު މިހެން ވިދާޅުވީ ހޯމްލޭންޑު މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި މައުލޫމާތު ދެއްވަމުންނެވެ.

"ހުރިހާ ބޭފުޅުންގެ ހިސްޓްރީ ބަލާފަ މި ބޮޑެތި ވިޔަފާރިވެރިންގެ ކޮންޓެއިނާޒް އާ އެއްޗެހި އެ ތަނުން، އެމްޕީއެލް އިން ކްލިއާ ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ސީދާ އޭގަ ތަޅެއް އަޅުވާފަ މި ފޮނުވަނީ އެބޭފުޅުންގެ ސައިޓަށް، ފޮނުވާލާފަ ދެން އެބޭފުޅުންގެ އޯން ޓައިމްގަ އަޅުގަނޑުމެން މި ފޮނުވާލަނީ ކަސްޓަމްސް އޮފިސަރެއް އޭތި ޗެކް ކުރަން ފަހުން،" މާނިއު ވިދާޅުވި އެވެ.

އެގޮތަށް ނިންމީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައި، ތަކެތި ކްލިއާ ކުރުމުގެ މަރުހަލާގެ ސްޕީޑު އަވަސްކުރުމުގެ ބޭނުމުގައި ކަމަށް ވެސް މާނިއު ވިދާޅުވި އެވެ. އޭގެ ސަބަބުން ކުދި ވިޔަފާރިވެރިންގެ މުދާ ކްލިއާވުން އަވަސްވެ، ޑެމަރޭޖް ޗާޖުތައް މަދުވާނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ ސަބަބުން ވިޔަފާރިވެރިންނާއި ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަށް ވެސް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަށް މާނިއު ވިދާޅުވި އެވެ.