އޮފީހަށް ނަގާ އާދައިގެ މުއައްޒަފުން ކުރާ މަސައްކަތްތައް ކުރުމަށް އެތައް މިލިއަން ރުފިޔާއެއް މުއިއްޒު ޕީޕީއެމް މީހުން، އޭނާގެ ޕޭރޯލުގައި ނުވަތަ ވަޒީފާގައި ބޭތިއްބުމަށް އެމީހުން ލައްވާ ކުންފުނި ހަދުވައި، ކޮންސަލްޓަންސީގެ ގޮތުގައި 10 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ރާއްޖޭގެ ދުވަހު ނޫހެއް ކަމުގައި ވާ އަދަދު ނޫހުން ހާމަ ކޮށްފިއެވެ. އެ ނޫހަށް މައުލޫމާތު ލިބިފައިވަނީ މައުލޫމާތު ލިބުމުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އޮންނަ ފޯމު ހުށައަޅައިގެން ލިބުނު މައުލޫމާތުންނެވެ.
މި ގޮތުން އިނގިރޭސީން ސިޓީ ލިޔުމަށް އެކަނި 561,000ރ ކޮށްފައި ވެއެވެ. މި ފައިސާ ދީފައިވަނީ ޕީޕީއެމް ގައި އޭރު އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ހުސައިން ޝަރީފް (މުންދު) ގަނެލުމަށެވެ. ރިޝްވަތުން ޕީޕީއެމް ތެރޭގައި ޔާމީނަށް ވަފާތެރި މުންދު ފައިސާކޮޅަކަށް ގަނެލުމަށްފަހު، މުއިއްޒުގެ ސަރުކާރުގައި މިނިސްޓަރެއްގެ ފެންވަރުގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ވަނީ އައްޔަން ކޮށްފައެވެ. ސިޓީ ލިޔަދިން ކުންފުނީގެ ހިއްސާދާރުންނަކީ މުންދު އާއި އިބްރާހިމް މުހައްމަދު އެވެ.
އާބަން ކޮންސަލްޓަންޓުންގެ ގޮތުގައި ރިޝްވަރު ދީގެން މުއިއްޒު ވަނީ ޑރ. އަލީ ހައިދަރު އަހްމަދު އަދި މަރިޔަމް ޖުހައިނާ ސޯދިގުއަށް 840,000ރ އާއި، 360,000ރ އަދި މަހު ފީގެ ގޮތުގައި ކޮންމެ މަހަކު 30،000ރ އަކާއި، 35،000ރ މި ދެމީހުންނަށް ދީފައެވެ. މި މީހުންގެ ފަރާތުން ރާވާފައިވަނީ ވެރިކަމަށް އައިސް، ރައްޔިތުންގެ ނަމުގައި ކަމަށް ބުނެ ފުށިދިއްގަރު ފަޅު ހިއްކައިގެން އެތައް ބިލިއަނެއް ފައިސާގެ ގޮތުގައި ނަގާނެ ގޮތް ރޭވުމާއި، އެގޮތަށް އެމަަސައްކަތް މުއިއްޒަށް ކޮށްދޭނެ ބަޔަކު ހޯދައި ދިނުން ކަމަށް މައުލޫމާތު ލިބެއެވެ.
ޑރ. ހައިދަރު ވަނީ ނޮވެމްބަރު 17, ގައި ރައީސް އެކުލަވާލެއްވި ކެބިނެޓުގެ މިނިސްޓްރީ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓުގެ މަގާމަށް ވަޑައިގަނެފަ އެވެ.
އައިސީޓީ ކޮންސަލްޓަންސީ ގެ ނަމުގައި ވަކި ކުންފުންޏެއް ހަދައި، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންސީ ދިނުމުގެ ނަމުގައި ހުސައިން ޒީނީ އަށް 937,500ރ ދީ، އަދި މަހު ފީއެއްގެ ގޮތުގައި، 37,500ރ 3 އަހަރު ދުވަހަށް ދީފައި ވަނީ މުއިއްޒުގެ ރިޔާސީ ކެމްޕެއިން ހަރަކާތަށް މީޑިޔާ ތަކަށް ރިޝްވަތު ދިނުމަށާއި، އަދި އެމީހުންނާއި ގުޅުން ހުރި ފަރާތްތައް މެދުވެރިކޮށް ސޯޝަލް މީޑިޔާ ކެމްޕެއިން ހިންގުމަށެވެ. ހަމަ މި މަސައްކަތް ކުރުމަށް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް މަސައްކަތުގެ ނަމުގައި އަހްމަދު ފަޒާލް ހުސައިން އަށް 420,000ރ ދީ، އަދި މަހެއްގެ މައްޗަށް 35,000ރ 3 އަހަރު ދައުލަތުން މުއިއްޒު ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވެއެވެ.
މީގެ އިތުރުންވެސް އެތައް ބަޔަކަށް ވަނީ އެތައް މިލިއަނުން ރިޝްވަތު ދީފައެވެ،
ބިމާބެހޭ ކަންކަމުގައި ކޮންސަލްޓަންސީ ދިނުން މި ސަރުކާރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން މުއިއްޒު އައްޔަނުކޮށްފައިވާ އަބްދުالله އަބްދުލް ހަކީމް އަށް 1,080,000ރ ދީ އަދި ކޮންމެ މަހަކަަށް 45,000ރ 2 އަހަރު ދުވަހަށް ދިނުމަށް އެއްބަސްވުން ވަނީ ހަދާފައެވެ.
ފައިނޭންޝިއަލް ކޮންސަލްޓަންސީ އަށް މުހައްމަދު ޝާހިދު އަށް 1,080,000ރ ދީ، މަހު ފީގެ ގޮތުގައި 30,000ރ. 3 އަހަރަށް ހަމަޖެއްސިއެވެ.
ސިޓީ ކައުންސިލަށް މަޖެއްލާއެއް ލިޔެލުމަށް އެލީޒް އަލީ މުހައްމަދަށް 300,000ރ ދީ 25,000ރ މަހަކަށް 1 އަހަރު ދުވަހަށް މުއިއްޒު ރިޝްވަތުގެ ގޮތުގައި ދީފައިވެއެވެ.
ލީފްލެޓެއް ތައްޔާރު ކޮށްލުމަށް، 18،000ރ ކޮންމެ މަހަކު 3 އަހަރު ދުވަހަށް ދީ، މަސައްކަތުގެ އަގަށް ގަނޑުކޮށް 648,000ރ ޒުލައިހާ އިބްރާހިމް އާއި އަލީ ނަސީރު އަށް ދީފައި ވެއެވެ. ޒުލައިހާގެ އަކީ އެޕްރީލް 2017, އިން ފެށިގެން އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސްޓޭޓް އެޓާނީއެކެވެ.
އޮފީސް ހިންގާނެ ގޮތާއި ބެހޭ މައުލޫމާތު ހޯދުމުގެ ނަމުގައި އާމިނަތު ނާސިހާ އަށް 3 އަހަރު ދުވަހަށް ކޮންމެ މަހަކު 19,500ރ ހަމަޖައްސައި، 702,000ރ ގަނޑުކޮށް ދީފައިވެއެވެ.
މަގު ހަދާނެ ގޮތާއި ބެހޭ މައުލޫމާތު ހޯދުމަށް ކަމަށް ބުނެ، އަހްމަދު މަމްދޫހު އަށް 3 އަހަރު ދުވަސް ވަންދެން ކޮންމެ މަހަކު 37,500ރ ދީފައިވެއެވެ. އަދި 1,350,000ރ ކަނޑުކޮށް ދީފައި ވެއެވެ.
އިމާރާތް ކުރުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ހޯދުމަށް ކަމަށް ބުނެ، މުހައްމަދު ދިލްޝާން އަބްދުالله 1 އަހަރު ދުވަހަށް މަހު ފީގެ ގޮތުގައި 45,000ރ. ހަމަޖައްސައި 540,000ރ. ގަނޑުކޮށް ދީފައިވެއެވެ. ރިޝްވަތު ނެގި މުހައްމަދު ދިލްޝާން އަބްދުالله އަކީ މިހާރު މިނިސްޓްރީ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ނޮވެމްބަރު 21, ގައި މުއިއްޒު އައްޔަންކޮށްފައިވާ މީހެކެވެ.
މުއިއްޒު ވެރިކަމަށް އައިސްފައިވަނީ އެތައް ބަޔަކަށް ރިޝްތު ދީގެންނާއި، ދޮގާއި މަކަރާއި، ހީލަތާއި އަޔަހޫދީ ކަމުގެ ތެރެއިން ވައްކަން ފިސާރި ރަނގަޅަށް ކޮށްގެނެނެވެ. މި އަނިޔާވެރި ވައްކަމުގައި އޭސީސީއިން ވަނީ ބައިވެރި ވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، އޭސީސީގެ މައްސަލަ ބަލަންތިބި ގިނަ ބަޔަކު ތިބީ މުއިއްޒު އަތުން ކޮންމެ މަހަކު މުސާރަ ނަގައިގެންނެވެ. މި މައްސަލަތައް ތަކުރާރުކޮށް އެކި ފަރާތްތަކުން އޭސީސީއަށް ހުށައެޅުމުން ބަލާފައި ނުވަނީ އެހެންވެއެވެ.