އަޒާން ޕީޕީއެމް ޓިކެޓް ޕްރައިމަރީ އަކާއި ނުލައި ހޯދުމަށް، އަދުރޭ ކައިރިއަށް ގޮސް، ރޮއެ އާދޭސް ކުރިކަމަށް ޕީއެންސީގެ އިސް ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވާފިއެވެ. ހިތަދޫ މެދު ދާއިރާގެ ގޮނޑިއަށް ކުޑަކުއްޖަކާއި ބެހުނު ތުހުމަތު އޮތް އަހްމަދު އަޒާން ކުރިމަތިލާފައި ވާއިރު، އެދާއިރާގެ ޕީޕީއެމްގެ ތާޢީދު އޮތީ އަޒާން އަށް ނޫން ކަމުގައި މައުލޫމާތު ލިބެއެވެ.
ޕީއެންސީ އިން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއްވި ގޮތުގައި، ދާއިރާގެ ސަޕޯޓް އޮތީ މެޓްރިކްސް ހުސެއިން އަށެވެ. ނަމަވެސް، އަޒާނު އަދުރޭ އާއި ބައްދަލުކޮށް ރޮއެ އާދޭސް ކޮށް އަދުރޭ އަށް ވަފާތެރިވުމަށް ބައިއަތު ހިފުމާއި ގުޅިގެން، އަދުރޭ ވަނީ މެޓްރިކްސް ހުސެއިން އަށް އެ ފުރުޞަތު ނުދޭން ނިންމާފައެވެ. މިކަމާއި ގުޅިގެން ހުސެންގެ ގާތް އެކުވެރިއަކު ދިޔަވަރު ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެމީހުންގެ ސަޕޯޓެއްވެސް ވޯޓެއްވެސް އަޒާނަކަށް ނުލިބޭނެ ކަމަށާއި، ޕާޓީއިން އިސް ކުރަން ޖެހޭނީ ދާއިރާގެ ތާޢީދު އެންމެ ބޮޑަށް އޮތް ފަރާތުގެ މަސްލަހަތު ކަމަށެވެ.
އަދުރޭ ފައިބުޑަށް ވެއްޓިގެން ނޫނީ ޕާޓީ ޓިކެޓް ނުލިބޭ! ޕާޓީ އަށް ކިތަންމެ ލޯޔަލް ވިޔަސް!
ނަން ނުޖެހުމަށް އެދި އޭނާ ކިޔައި ދިނެވެ.
މަޖިލީހަށް ޓިކެޓް ދިނުމުގައި، ޕީޕީއެމް ޕީއެންސީ އިން ގެންގުޅޭ ބޭއިންސާފުގެ ސަބަބުން ގިނަ ގޮޑިތަކެއް މި ފަހަރު ގެއްލޭނޭ ކަމަށް ޕީޕީއެމް ޕީއެންސީގެ މެމްބަރުން ދަނީ ބުނަމުންނެވެ.
ހުސެއިން ވަނީ މިހާރު މަޖިލީހަށް ކުރިމަތި ނުލާނެ ކަމަށް ފޭސްބުކް ގައި ޖަހާފައެވެ. އަދި އެއީ އުނދަގޫ ނިންމުމެއް ކަމަށް ހާމަ ކޮށްފައިވެއެވެ.
މަޖިލީހަށް ކުރިމަތި ލުމުގެ ފުރުޞަތު ހުސެއިން އަށް ނުދިނުމުން އެކަމާއި ހިތް ހަމަ ނުޖެހުމުން، އަދުރޭ ވަނީ މިހާރު އޭނާއަށް ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފައެވެ.