ޚަބަރު

ބަލައިގެން ކިޔުމުގެ ބަދަލުގައި، ރިކޯޑް ކުރުމަށް ފަހު، މުއިއްޒު ލިޕް ސިންކް ކުރާގޮތަށް ރައީސް އޮފީހުން މަޝްވަރާކޮށްފި

ދިޔަވަރު
ބަލައިގެން ކިޔުމުގެ ބަދަލުގައި، ރިކޯޑް ކުރުމަށް ފަހު، މުއިއްޒު ލިޕް ސިންކް ކުރާގޮތަށް ރައީސް އޮފީހުން މަޝްވަރާކޮށްފި

ރޭގެ ދިމާވި ލަދުވެތި ހާލަތާއި ގުޅިގެން އެފަދަ ކަމެއް ވިޔެ ނުދިނުމަށް، ރައީސް މުއިއްޒު ކުރިއަށް އޮތް ޖަލްސާތަކުގައި ވާހަކަ ދެއްކުމުގެ ބަދަލުގައި ރިކޯޑު ކޮށްފައިވާ އޯޑިޔޯ އެއް ޖަހައި، އޭގެ އަޑު ދަށުން މަޑުން ލިޕް ސިންކް ކޮށް އެކްޓް ކުރާގޮތަށް ރައީސް އޮފީހުން މިއަދު މަޝްވަރާ ކޮށްފި ކަމަށް މިއަދު މައުލޫމާތު ލިބިއްޖެއެވެ.

މުއިއްޒުގެ ކޮންމެ ސްޕީޗް އަކީ ޤައުމިއްޔަތުގެ ރަމްޒީ ކުލަ އޭގައި ޝާމިލުވާ ވާހަކަ ފުޅުތަކެއް ކަމަށާއި، އެހެން ކަމުން ރޭގައި ދިމާވިފަދަ މައްސަލައެއް ދިމާވެއްޖެނަމަ މުއިއްޒުގެ ހައިބަތަށް އެއިން އަސަރުކުރާކަމަށް ބުނެ މިގޮތަށް ލަފާ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ލިޕް ސިންކް ކުރުމަކީ ހޮލީވުޑްގެ ބޮޑެތި ލަވަކިޔުންތެރިންވެސް އެކަން ކުރާ ގޮތް ކަމަށާއި އެއީ އެންމެ އެކަށީގެންވާ ހައްލު ކަމަށް ރައީސް އޮފީހުން ކުރި މަޝްވަރާގައި، ރައީސް އޮފީހުގެ މިނިސްޓަރެއް ހާމަ ކުރެއްވި ކަމަށް މައުލޫމާތު ދެއްވައެވެ.

ރައީސް އޮފީހުން މުއިއްޒު ވަނީ 90 ދާއިމީ ސްޓާފުން ވަކިކޮށް، މުއިއްޒު މާލެ ކައުންސިލްގައި ގެންގުޅުނު ނާގާބިލު އެތައް ސަތޭކަ ބަޔަކަ ވަޒީފާ ދީފައެވެ.

މުއިއްޒަށް ރޭގައި ދިމާވި ލަދުވެތި ހާލަތާއި ގުޅިގެން، ރައީސް އޮފީސްގެ މިނިސްޓަރ ހޭޔަންބޯ ހަލީލްގެ ބަޔާނެއްވެސް ވަނީ ނަގާފައެވެ. ޓެލެޕްރޮމްޓަރ ބަލައިގެން ވާހަކަ ދެއްކުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް ޓެލެޕްރޮމްޓަރ ގައި މައްސަލަ ޖެހިއްޖެނަމަ، ވާހަކަ ދެއްކުމުގެ ކުޅަދާނަ ކަން ނެތުމަކީ ރައީސްކަމަށް މުއިއްޒު ކުފޫ ހަމަ ނުވާކަމުގެ ހެއްކެކެވެ. އަދި މިކަމާއި ގުޅިގެން ރާއްޖޭގެ އެންމެންހެން ދަނީ މުއިއްޒަށް މަލާމާތް ރައްދުކޮށް އެކި އެކި ވާހަކަ ދައްކަމުންނެވެ.