މުއިއްޒުގެ އަމުރަށް، ސަރުކާރަށް ފާޑު ކިޔަމުންދާ ދިޔަވަރު.ކޮމް އާއި ކުރުސީ.ކޮމް ދެންމެއަކު ސަރުކާރުން ބްލޮކް ކޮށްފިއެވެ. އަޅުގަނޑުމެންނަށް މިދިން ހަމަލާ ސިފަ ކުރަނީ ނޫސް ވެރިކަމާއި ދެކޮޅަށް ދިން އަނިޔާވެރި ހަމަލާއެއް ކަމަށެވެ. އަދި މުއިއްޒުގެ އަނިޔާ އާއި ދެކޮޅަށް އަޅުގަނޑުމެން ފަސް ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.
އަދި ސަރުކާރުގައި މިނިސްޓަރު ކަމުގައި މިއަދު އިންނެވި ސަންގު ނޫސް އަދި ޓީވީ ހިންގާ އަސްވާޑު އަދި، 5 އަހަރު ވަންދެން ދިޔަރެސް ނޫސް މިނިވަންކަމާއި އެކު ހިންގި އަޒާނު، އާއި ރައީސް ސޯލިހްގެ ސަރުކާރު ސްޕޮނަސާއިން ސަރުކާރަށް ފާޑުކިޔައި ސާބިތު ނުހިފޭ އެތައް ވާހަކައެއް ފެތުރި ވޮއިސް.އެމްވީ މިއަދު މިނިވަން ނޫސްވެރިކަމާއި އެއްކޮޅަށް ތެދުވެ ސަރުކާރުގެ މި ހުދުމުހުތާރު އަމަލު ކުށްވެރި ކުރުމަށް ދިޔަވަރު ނޫހުން ގޮވާލަމެވެ.
ޕީޕީއެމް ކުރީގެ ވެރިކަމުގައި އަސްވާޑު ރާއްޖެ ނޫސް ހިންގުމުގައި ކުރެއްވި މަސައްކަތުން މީހާ ޒަހަމްވެ، ދާޢިމަށް އަނިޔާ ލިބިފައިވާއިރު، ނޫސްވެރިކަމަށް ހުރަސް އަޅާ ސަރުކާރެއްގެ ވަޒީރު ކަމުގައި އެ ޒަހަމް ތަކާއި އެކު އިންނެވުމަކީ އެ އަނިޔާއަށް މިއަދު ތާޢީދު ކުރުމެވެ.
އަދި އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިޔުމުގެ ކުރިން މަޖިލިސް އިން މުއިއްޒު އަޒުލުކުރުމަށް އެދި ގޮވާލަމެވެ.