ރައީސް ސޯލިހް ގެ ސަރުކާރުގައި ބޭރުގެ ފަރާތްތަކަށް ބިން ދިން ގޮތް އޮޅުވާލައިގެން ހަދާފައިވާ، ޕޯސްޓަރެއް ވަޓްސްއެޕް ގްރޫޕަކަށް ފޮނުވައި، މުއިއްޒު ވަނީ "Use this version" އޭ ލިޔެފައެވެ. މައުލޫމާތު ނުބައިކޮށް ހިމަނައި، އެމްޑީޕީ ސަރުކާރު ގޯސް ކުރުމަށް ފޭކް ނިވްސް ނުވަތަ ދޮގު މައުލޫމާތު ހިމަނައިގެން ހަދާފައިވާ މި ޕޯސްޓަރު ވަޓްސްއެޕް ގުރޫޕަށް ލާފައިވާ ސްކްރީންޝޮޓް ލީކު ވުމުން ސޯޝަލް މީޑިޔާގައި މުއީއްޒަށް ދަނީ ފާޑު ކިޔުން އަމާޒު ވަމުންނެވެ.
މި ޕޯސްޓުގައި ހިމެނޭ މައުލޫމާތު ދޮގު ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން، ކުރީގެ އެކޮނޮމިކް މިނިސްޓްރ ފައްޔާޒުވެސް ވަނީ ވިދާޅު ވެފައެވެ. އަދި ގިނަ ބަޔަކު ދަނީ މުއިއްޒު ފަތުރަން މި މަސައްކަތް ކުރާ ދޮގު ތައް ބޭޒާރު ކުރަން ފަށާފައެވެ.
މުއިއްޒު ވެރިކަމަށް އައިސްފައިވަނީ، ދޮގާއި މަކަރު ހަދައިގެން، ދިވެހިންނާއި ދެކޮޅަށް ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއް ހިންގައި އޭގެތެރެއިން އެތައް ރައްޔިތުންނެއް މަގުފުރައްދައިގެންނެވެ. އިންޑިޔާ ސިފައިންގެ އެތައް ހާސް ބަޔަކު ތިބިކަމަށް މުއިއްޒު އާއި އޭނާގެ ކެމްޕެއިން ޓީމުން ތަކުރާރު ކޮށް ބުނަމުން ދިޔައިރު، ރާއްޖޭގައި ތިބީ ޕީޕީއެމް ކުރީ ސަރުކާރުން މުއިއްޒު އިން ކެބިނެޓުން ފާސް ކޮށްގެން ރާއްޖެއައި ޕައިލެޓުންނާއި، ރައީސް ނަޝީދު ވެރިކަމުގައި ގެނައި 22 މީހެކެވެ. ނަމަވެސް، ގަސްތުގައި މި ހަޤީގަތް އެނގި ހުރެ، ދޮގު މައުލޫމާތު ފަތުރައިގެން މުއިއްޒު ވަނީ ވެރިކަމަށް އައިސްފައެވެ.
މީގެ އިތުރުން ކަނޑުގެ ބައެއް ގެއްލުނު ކަމަށް ބުން ވެރިކަމަށް އައިސް، ދޮޅުމަސް ވެގެން ދިޔައިރުވެސް، އެ ހެދި ދޮގު އިތުރަށް ފޫބައްދަން 10 މިލިއަން ރުފިޔާ ބަޖެޓުން ނަގައި، ކޮމިޓީއެއް ހެދުމުގެ އިތުރަށް މުއިއްޒަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.