ޚަބަރު

ތުރުކީއަށް ވިސާ އާއި ނުލާ ދަތުރު ކުރެވޭ ގޮތަށް 6 ޤައުމަކަށް ލުއިކަން ދީފި! އެ ލިސްޓުގައި ރާއްޖެ ނުހިމެނޭ!

ދިޔަވަރު
ތުރުކީއަށް ވިސާ އާއި ނުލާ ދަތުރު ކުރެވޭ ގޮތަށް 6 ޤައުމަކަށް ލުއިކަން ދީފި! އެ ލިސްޓުގައި ރާއްޖެ ނުހިމެނޭ!

ތުރުކީއަށް ވިސާއާއި ނުލާ ދަތުރު ކުރެވޭ ގޮތަށް ވިސާގެ ލުއިކަން 6 ޤައުމަކަށް ދީފި ކަމަށް އެޤައުމުގެ ސަރުކާރުން އިއްޔެ ހާމަކޮށްފިއެވެ. މިގޮތަށް ވިސާއާއި ނުލާ ދަތުކުރުމުގެ ލުއިކަން ދީފައިވާ ޤައުމތަކަކީ، އެމެރިކާ، ބަހުރެއިން، ޔޫއޭއީ، ކެނަޑާ، ސައުދި އަރަބިއްޔާ އަދި އޮމާން އެވެ. ރާއްޖެ މި ލިސްޓުގައި ހިމެނިފައެއް ނެތެވެ. ރައީސް މުއިއްޒު އެއްވެސް އެހީއެއް ހަމަ ނުޖެހި، ތުރުކީއިން ވަޑައިގެން، އެ ދަތުރުފުޅުން ދެ ޤައުމުގެ ގުޅުން ހަރުދަނާ ވެއްޖެ ކަމަށް ވިދާޅުވެފައިވާއިރު، ވިސާގެ ލުއިކަން 6 ޤައުމަކަށް ދިން އިރު، ރާއްޖެ ހިމެނިފައި ނެތުމަކީ ލަދުވެތި ކަމެކެވެ.

ވިސާ ފްރީ ކޮށްދީ، ތުރުކީ ސަރުކާރުން ނެރުނު ބަޔާން.

މުއިއްޒު ތުރުކީއަށް ވަޑައިގަތީ ސައުދީ ދަތުރު ކެންސަލް ވުމުން، އެ ލަދުން ސަލާމަތް ވުމަށް އަމިއްލަ އަށް އެދިގެންނެވެ. އަދި އެއީ ސްޓޭޓް ވިޒިޓަކަށް ނުވާތާގައި އެ ޤައުމުން އާންމުކޮށް ޤައުމުތަގެ ވެރިންނަށް ދޭ ސަމާލުކަމެއް މުއިއްޒަށް ދީފައި ނުވެއެވެ. އެތައް މިލިއަން ރުފިޔާއެއް އިސްރާފު ކުރުމަށްފަހު ކުރެއްވި ދަތުރުފުޅުން ރާއްޖެއަށް އެއްވެސް ފައިދާއެއް ވެފައެއް ނުވެއެވެ.