ޚަބަރު

ކްރިސްމަސް މަނާ ވަނީ ދިވެހިން އުޅޭ ރަށްރަށަށް އެކަނި؟ ދިވެހިން އުޅޭ ރިސޯޓްތަކަށް ޤާނޫނު ނުހިނގާތޯ؟

ދިޔަވަރު
ކްރިސްމަސް މަނާ ވަނީ ދިވެހިން އުޅޭ ރަށްރަށަށް އެކަނި؟ ދިވެހިން އުޅޭ ރިސޯޓްތަކަށް ޤާނޫނު ނުހިނގާތޯ؟

ރާއްޖޭގެ މީހުން އުޅޭ އެއްވެސް ރަށެއްގައި ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތެއް ހިންގައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

"އައު އަހަރާ ގުޅިގެން ކްރިސްޓިއަން ދީނުގައި ފާހަގަކުރަމުންދާ ދުވަހެއް ކަމަށްވާ ކްރިސްމަސް ފާހަގަކުރުމަށްޓަކައި އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިޔުމަށް މި ހިދުމަތުން އިލްތިމާސް ކުރަމެވެ," ފުލުހުން އެކްސްގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން, އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި އެފަދަ ހަރަކާތެއް ހިންގާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޤާނޫނު ހިނގަނީ ރާއްޖޭގެ އެންމެންގެ މައްޗަށް ހަމަހަމަ ކޮށެވެ. ވަކި ބަޔަކު މައްޗަށް ތަންފީޒު ކޮށް، ވަކި ބައެއްގެ މައްޗަށް ތަންފީޒު ނުކުރަން ޤާނޫނު ތަން ނުދެއެވެ. ގިނަ ރިސޯޓު ތަކުގައި އުޅޭ ދިވެހިން ކްރިސްމަސް ހަރަކާތަކުގައި އުޅެއެވެ. އަދި ސޯޝަލް މީޑިޔާގައި އެމީހުންގެ ކްރިސްޓިއަނުންގެ އީދުގައި ކުރާ މަޖަލުގެ ފޮޓޯތައް އާންމުކޮށް ފެންނަށްވެސް ހުރެއެވެ. ގާނޫނީ ގޮތުން ފުރުޞަތު އޮވެމެ، ސަރުކާރުން މިކަންކަން މަނާ ނުކުރެއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިން ކްރިސްމަސް ފާހަގަ ކުރުންވެސް މަނާކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ކްރިސްމަސް އާއި ދިމާކޮށް ރިސޯޓްތަކަށް ދަތުރު ކުރާ ދިވެހިންނަށްވެސް، ކްރިސްމަސް ފާހަގަކުރުން މަނާކޮށްފައެއް ނޯވެއެވެ. ހަމައެކަނި ކްރިސްމަސް ފާހަގަ ކުރުން މަނާވެފައި އޮންނަނީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށެވެ.