ރައީސް މުއިއްޒުއާއި ނާއިބު ރައީސް ސެމްބެ އަޒުލް ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ކުރެވެމުންދާ މަސައްކަތް ނާކާމިޔާބު ކޮށްލުމުގެ މަގުސަދުގައި, ރައީސް މުއިއްޒު ކަޅުފައިސާގެ ބޭނުން ކުރައްވައިގެން, ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގަތުމަށް ބޮޑެތި އަދަދުތަކުން މެމްބަރުންނަށް "ކަޅު ފައިސާ" ހުށަހަޅުއްވަމުންދާކަމަށް އިތުބާރު ހުރި ގޮތަކަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
"ދިވަޔަރު އޮންލައިން" އަށް މައުލޫމާތު ދިން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރަކު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ފަރާތުން, އެމަނިކުފާނުގެ އިސް މުޝީރު އަބުދުއްރަހީމް އޭނާއަށް ގުޅުއްވާ ޕީއެންސީއާއި ގުޅިވަޑައިގަތުމަށް ވަނީ އެދިފައެވެ. އަދި ބޭނުންވާވަރަށް ފައިސާ ދޭނެކަމަށް ބުނެ, ޕީއެސްސީއާއި ގުޅިވަޑައިތުމަށް އަބުދުއްރަހީމް ތަކުރާރުކޮށް އެދިފައިވާކަމަށްވެސް މެމްބަރު "ދިވަޔަރު އޮންލައިން" ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފައިސާއަށް "ވިކޭނީ" މަދު މެމްބަރުންކޮޅެއް ކަމުގައެވެ.
މެމްބަރުން ގަތުމަށް ރައީސް މުއިއްޒު ކަޅު ފައިސާގެ ބޭނުން ކުރައްވަމުން ގެންދަވާއިރު, އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް މެމްބަރެއް ކަމުގައިވާ އިބުރާހިމް ޝަރީފް (މަވޯޓާ) މިއަދުވަނީ އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ. އަދި "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި ޝަރީފް މިއަދު ވަނީ ރައީސް މުއިއްޒުއާއި ބައްދަލުވެސް ކުރައްވާފައެވެ.
އަދި ޝަރީފްވަނީ ވަރަށް އަވަހަށް ޕީއެންސީއާއި ގުޅުމަށް ނިންމާފަ ކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ޕީއެންސީގެ އިސް ފަރާތުން މައުލޫމާތު ދީފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަވޯޓާ ޝަރީފްގެ އިތުރުން އެމްޑީޕީގެ ޕީޖީގެ, އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުވެސް މިހާރުވަނީ ޕީއެންސީއަސް ސޮއި ކުރައްވާފައެވެ. އޭނާއަކީ ކުރިން މިސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔަމުން އައި މެމްބަރެއް ނަމަވެސް ފަހަކަށް އައިސް އޭނާގެ އެކްސް ޕޯޓުތަކުން މި ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ތާއީދު ކުރާކަން ވަނީ ހާމަވެގެން ދެއެވެ.