ހޭޔަންބޯ ހަލީލު ހިމެނޭހެން ރައީސް އޮފީހުގެ ގިނަ މިނިސްޓަރުންނާއި، އަދި ކޮމިއުނިކޭޝަން ސެކްޝަނުގެ ގިނަ ބަޔަކު، ދިޔަވަރު ނޫހުގެ ހަބަރުތައް ކިޔުމަށް، WARP ވީޕީއެން ބޭނުން ކުރަމުން ދާކަމަށް ރައީސް އޮފީހުން ނަން ނުޖެހުމަށް އެދި މައުލޫމާތު ދިން ފަރާތަކުން ހާމަ ކޮށްފިއެވެ.
އަދި ދިޔަވަރުގައި ޖަހާ ހަބަރުތައް، ދިޔަވަރަށް ލިބޭ ގޮތާއި މެދު ހިތްހަމަ ނުޖެހިގްނެ މަޝްވަރާ ކުރާ ކަމަށާއި، ޕާޓީ ތެރެއިން މައުލޫމާތު ލީކް ކުރާ މައްސަލާގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްޝަނުން ޕީއެންސީގެ ބައެއް ފަރާތްތަކަށް ޝައްކު ކުރާ ކަމަށް މައުލޫމާތު ދިނެވެ.
މުޅި ރައީސް އޮފީސް އޮތީ ދިޔަވަރު ނޫހާއި މެދު ކަންބޮޑު ވެފައި ކަމަށާއި، ދިޔަވަރު ނޫހުން ސަރުކާރަށް ކުއްލިއަކަށް ވަރަށް ބޮޑު "ޑެމޭޖެއް" ދީފި ކަމަށް ރައީސް އޮފީހުގެ ތިއްބެވި ފަރާތްތައް ޤަބޫލު ކުރާކަމަށް މައުލޫމާތު ލިބެއެވެ.
އަދި މީޑިޔާގެ މިނިވަންކަމުގެ ވާހަކަ އާއި، އެ ފިކުރުގައި ބޭރުފުށުން މި މީހުން ހަރަކާތްތެރިވިއަސް، ދިޔަވަރު ބްލޮކް ކުރުމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްޝަނުގައި ހަރަކާތްތެރިވާ އެންމެން ތާޢީދުކޮށް، ނޫސް ބްލޮކް ކުރުމަށް ހިތްވަރުދީ ސަރުކާރުގެ އެ ނިންމުން ވަރަށް ބޮޑަށް އެކި ތަންތަނުގައި ދިފާޢުކޮށް ވާހަކަ ދައްކަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލަކީ އެމްޑީޕީ ވެރިކަމަށް ގެނައުމަށް 2023ގައި ކެމްޕެއިން ކޮށްދެއްވި ފަރާތެކެވެ.