ޚަބަރު

އިތުރަށް ކަޓު ބޮޑުކުރަން ފުށިދިއްގަރުފަޅު ހިއްކާ ރާޖޫއަށް ހުޅުމާލޭގެ ޓޫރިޒަމް ޒޯން ދޭން ނިންމައިފި

ދިޔަވަރު
އިތުރަށް ކަޓު ބޮޑުކުރަން ފުށިދިއްގަރުފަޅު ހިއްކާ ރާޖޫއަށް ހުޅުމާލޭގެ ޓޫރިޒަމް ޒޯން ދޭން ނިންމައިފި

‏ސަރުކާރުން ރިޝްވަތުގެ ގޮތުގައި ވީހާވެސް ބޮޑު އަދަދެއް ނެގުމަށް ފުށިދިއްގަރުފަޅު ހިއްކާ ރާޖޫއަށް ހުޅުމާލޭގެ ޓޫރިޒަމް ޒޯން ދޭން ނިންމައިފިއެވެ. ޓުއަރިޒަމް ޒޯން ލަންކާ ކުންފުންޏަކަށް ދޭން ސަރުކާރުން ރާވާފައިވާކަމަށް ބުނެ މި ނޫހުގައި ލިޔެފައިވާ ހަބަރާއި ގުޅޭ، އިތުރު މައުލޫމާތު ލިބިފައިވާއިރު، ބަޖެޓު ނުކުރާ މި މަޝްރޫއު މަޖިލިސް އިންތިހާބަށް ފައިސާ ހޯދުމަށް ބޮޑު އަގުގައި ލަންކާގެ ކުންފުންޏަކަށް 70 ހެކްޓަރުގެ ބިން ދީފައިވަނިކޮށް، އެނގިގެން މިދިޔައީ އެ ކުންފުންޏަށް ޓުއަރިޒަމް ޒޯން ދޭން ފަހުން ނިންމާފައިވާކަމެވެ.

‏ނަން ހާމަ ނުކުރަން ޝަރުތުކޮށް ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި ލަންކާ ކުންފުނިން ބޭނުންވަނީ ހުޅުމާލޭގެ ޓޫރިޒަމް ޒޯނެވެ. ހުޅުމާލޭގެ ޓޫރިޒަމް ޒޯނަކީ އެހެން ތަންތަނަށްވުރެ އެތައް ގުނަ އަގުބޮޑު އެންމެ ރީތި ސަރަހައްދެވެ. މައުލޫމާތު ލިބޭ ގޮތުގައި ބޭރު ކުންފުނިން ލިބޭ ކަޓު އެންމެ ބޮޑު ވާނީ ޓޫރިޒަމް ޒޯނުން ދިނީމައެވެ.

‏ކުންފުންޏާއެކު މި މުއާމަލާތްތައް ކުރިއަށް ގެންދަނީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝާހިދެވެ. ޝާހިދު ( ޝާޑު ) އަކީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓު އޮން ކޯޕަރޭޓު ޑިވެލޮޕްމަންޓް އެވެ. ޝާހިދަކީ މުއިޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލްގެ ކޮންސަލްޓެންޓެއްވެސް މެއެވެ.

‏ހުޅުމާލޭގެ ޓޫރިޒަމް ޒޯން 99 އަހަރަށް ބޭރު ބަޔަކަށް ހިލޭ ދިނުމާއި ސަރުކާރުގެ ވަރަށް ގިނަ އިސްވެރިން އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންވެސް ދެކޮޅެވެ. އެހެނަސް މަޖިލީސް އިންތިހާބަށް ބޭނުންވާ ވަރަށް ފައިސާ ލިބޭނެ ހަމައެކަނި ގޮތަކީ ޓޫރިޒަމް ޒޯން ދިނުން ކަމުގައި ޝާހިދު ދަނީ ބުނަމުންނެވެ.

‏ހުޅުމާލެ ޓޫރިޒަމް ޒޯނުގެ 10 ހެކްޓަރަކީ 600 މިލިއަން ޑޮލަރުގެ އަގުހުރި ބިމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގޯތި ބަހަން ބިން ތަދުވެ ހުޅުމާލެ ފޭސް-3 ހިއްކަން ޖެހުނު އިރުވެސް ޓޫރިޒަމް ޒޯން ބޭނުން ނުކުރައްވަވައެވެ. ސަބަބަކީ އެބިމުގެ ވެލިއު މަތިވީމައެވެ. އެތަނުގެ 10 ހެކްޓަރަކީ ޓޫރިޒަމްގެ މަސައްކަތްތަކަށް ދީގެން ކުލީގެ ގޮތުގައި އެކަނިވެސް އަހަރަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ތަނެކެވެ.