ޚަބަރު

ބަހުގެ މައްޗަށް ބޮޑާވެ ބަޔަކު ހަނގުރާމަ ކުރިކަމަށް ރައީސް ވިދާޅުވި ވާހަކައަކީ ރޯ ބުހުތާނު ދޮގު!

ދިޔަވަރު
ބަހުގެ މައްޗަށް ބޮޑާވެ ބަޔަކު ހަނގުރާމަ ކުރިކަމަށް ރައީސް ވިދާޅުވި ވާހަކައަކީ ރޯ ބުހުތާނު ދޮގު!

ދުނިޔޭގައި ބޮޑެތި ލޭ އޮހޮރުވުންތައް ހިނގާގައިވާ ސަބަބަށް ބަލާއިރު ތަފާތު ބަސްބަހުން ވާހަކަ ދެއްކުން ހިމެނޭ ކަމަށް ބުނެ، ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހު، ރައީސް ދެއްކި ވާހަކަ އަކީ ކަނޑައެޅިގެން ދޮގެކެވެ. އިތުރަށް އެވާހަކައަށް ބާރު ދެމުން ރައީސް ވިދާޅުވެފައި ވަނީ،

ދިވެހިން ވާހަކަ ދައްކަނީ އެއްބަހަކުން. ލިޔަނީ އެއް އަކުރަކުން. އެހެން ކަމުން ބަހުގެ މައްޗަށް ބޮޑާވެ ދެބަސްވެގަތުމެއް ދިވެހިންގެ ކިބާގައި އެއްވެސް އިރަކު ނެތް!

ކަމަށެވެ.

ބަހުގެ ތަފާތު ހުރެގެން ދުނިޔޭގެ އެއްވެސް ތަނެއްގައި ހަނގުރާމައެއް ހިނގާފައި ނެތް ކަމުގައި ވީނަމަވެސް، ތަފާތު ބަސްބަހުން ވާހަކަ ދައްކާ އެކި އެކި ޤައުމުތަކުގެ މެދުގައި ހަނގުރާމަ ހިނގާފައި އެބަހުއްޓެވެ. ނަމަވެސް، ތާރީޚް ދިރާސާ ކުރާ އެއްވެސް ފަރާތެއް އެއީ ބަހުގެ ހުރި ތަފާތާއި ގުޅިގެން އެއްބަޔަކު އަނެއް ބަޔަކު މައްޗަށް ނަފްރަތު އުފެދި ހަނގުރާމަ ކުރިކަމަކަށް ބަޔާން ކޮށްފައި ނުވެއެވެ.

ނަމަވެސް، ރާއްޖޭގައި އުޅޭ މިނިސްޓަރ އާދަން ނަސީރު ފަދަ، ބޯދާ ބޭފުޅުން ސުކޫލު ކުދިން ލައްވައި ބަހުގެ މުހިންމު ކަމާއި ގުޅޭ ގޮތުން ލިޔުއްވާ މަޒުމޫނު ތަކުގައި ހިމަނާ މިފަދަ ދޮގު ހަމަ ނުޖެހޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ ސްޕީޗް ތަކުގައި ހިމެނުމަކީ މި މީހުންގެ ފެންވަރާއި، އިލްމީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަކަށް ހުރި މީހާގެ ފެންވަރު ދައްކުވައިދޭ ކަމެކެވެ.

ދުނިޔޭގައި އާންމުކޮށް ހަނގުރާމަ ހިނގާފައި ހުރީ ބޮޑެތި ބާރުތަކުގެ ދެމެދަށް ވަދެ، ޤައުމުތަކުން ކުޅެފައި ހުރި ނުބައި ދައުރުގެ ސަބަބުންނާއި، އަވައްޓެރި ޤައުމުތަކާއި މެދު، ދޮގު ވާހަކަ ދައްކައި ބަދުނާމުކޮށް، އެމީހުންނަށް އޮތް އިހްތިރާމް ނަގާލައި ކުރާ ކަންކަމުގެ ސަބަބުންނެވެ. އެކަންކަން އިންޑިޔާއާޢި ދެކޮޅަށް ރާވައިގެން ކޮށްފައި ވަނީ ޕީޕީއެމް ޕީއެންސީއިންނެވެ.

ދޮގާއި ފިތުނަ ހަދައި، ޤައުމު ބައިބައި ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި މީހުން އެއްތަނަކަށް އެއްވެ، ޤައުމުގެ އެއްބައިވަންތަކަމޭ، އެކަކަށް ނުއުފުލޭ ބުރަ، އަނެކަކު އުފަލަދޭން ކިޔައި، ދީނަށް ފުށުއަރާހެން ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގި މާ ޤައުމިއްޔަތު ދަންނަ ބަޔަކަށް ވެގެން އުޅުމުން ރައްޔިތުން ކައިރިއަށް އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ.