ޚަބަރު

ރައީސް ޔާމީން ބޭނުންވި އަބުރުފުޅު، މުއިއްޒުވެސް ބޭނުން ވެއްޖެ! ދެން ފެންނާނީ ނޫސްވެރިން ހައްޔަރު ކުރާތަނާއި ނޫސްތައް ޖޫރީމަނާ ކުރާތަން؟

ދިޔަވަރު
ރައީސް ޔާމީން ބޭނުންވި އަބުރުފުޅު، މުއިއްޒުވެސް ބޭނުން ވެއްޖެ! ދެން ފެންނާނީ ނޫސްވެރިން ހައްޔަރު ކުރާތަނާއި ނޫސްތައް ޖޫރީމަނާ ކުރާތަން؟

ދިވެހިންނަކީ އެކަކު އަނެކެއްގެ އަބުރަށާއި އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭ ބަޔަކަށް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހްގެ ސަރުކާރާއި ދެކޮޅަށް ބޭރު ޤައުމުތަކުގެ ވެރިންގެ ނަމުގައި ފޭކު ސިޓީތައް އުފައްދައިގެން މުއިއްޒުގެ އެންގުމަށް، އެމްޑީޕީގެ ތިބިހާ ބައެއްގެ އަބުރު ކަތިލަމުން، ދޮގާއި ފިތުނައިގެ ދޮލަނގެއް ބޮލަށް ލައިގެން އެ ފިތުނައިގައި ރައްޔިތުން ޖައްސައިގެން ވެރިކަމަށް އައުމަށްފަހު ދިވެހިން އެކަކު އަނެކެއްގެ އަބުރަށާއި އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް މުއިއްޒު ގޮވާލުމަކީ މިކަމުގައި ކުޑަވެސް އިހްލާސްތެރިކަމެއް މުއިއްޒުގެ ނެތް ކަން ދައްކުވައިދޭ ކަމެކެވެ.

ރައީސް ޔާމީނުވެސް މި މޭރުމުން ވާހަކަ ދައްކަވައި، ސަރުކާރުން ކުރާ ވައްކަމާއި، ރިޝްވަތުގެ އަމަލުތައް ހާމަ ކުރަންފެށުމުން، އަބުރާއި ބެހެނީ ކަމަށް ވިދާޅު ވިއެވެ. އަދި އަބުރުގެ ދައުވާ ވެސް ބައެއް ފަރާތްތަކުގެ މައްޗަށް ކުޅައެވެ. މި ގޮތުން އަސްވާޑުގެ މައްޗަށް އަބުރުގެ ދައުވާ ކޮށް، ނޫސްވެރިންނަށް ބިރުދައްކައި، ރާއްޖެ ޓީވީ ގައި ހުޅުޖަހައި، މިނިވަން ނިވްސް ގެ ދޮރުގައި ކަތިވަޅި ޖަހާފައިވެއެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި ނޫސްވެރިއަކު އަނިޔާވެރިކޮށް މަރާލިއެވެ.