ހުރިހާ ޕާޓީތަކުގެ ލީޑަރުންނާއި ބައްދަލު ކުރީ މުއިއްޒު އެދިގެން ކަމަށް ދިޔަވަރު ނޫހަށް އެނގިއްޖެއެވެ. ޕާޓީތަކުގެ ލީޑަރުންނާއި ބައްދަލުވުމަށް އެދިފައި ވަނީ، އެ ބައްދަލުވުންތައް ބާއްވައި މުއިއްޒަށް ތާއީދު އޮތްކަން ދެއްކުމަށްކަމަށް ޓަކައެވެ. ނަމަވެސް އެއްވެސް ލީޑަރެއް ބައްދަލުވުން ނިންމާފައި މުއިއްޒު ވެރިކަން ކުރާ ގޮތާއި މެދު ތައުރީފުކޮށް ހިތްހަމަޖެހިގެން ވާހަކަ ދައްކާފައެއް ނުވެއެވެ.
ބައެއް ނޫސްވެރިން ވަނީ ބައްދަލުވުން ނިމުމުން، ލީޑަރުންނާއި ސުވާލު ކޮށްފައެވެ. ނަމަވެސް އެއްވެސް ލީޑަރެއް މުއިއްޒަށް ތައުރީފުގެ ބަހެއް ބުނެ ނުލައެވެ. މުއިއްޒުގެ މަޤުބޫލުކަން ރައްޔިތުންގެ މެދުގައި ކުޑަވެގެން މި ޖެއްސި ސްޓަންޓްޓުން އެދެވޭ ނަތީޖާއެއް ނުނިކުތުމުން މުއިއްޒު ހިތްހަމަ ނެޖެހިފައި ހުންނެވި ކަމަށް މައުލޫމާތު ލިބެއެވެ.
އެންމެ ފަހުން، މުއިއްޒާއި ބައްދަލު ކުރެއްވީ ޑރ. ވަހީދުއާއިއެވެ. ޑރ. ވަހީދު ޤަބޫލު ކުރައްވާ ގޮތުގައި އެމަނިކުފާނަށް ލިބެން އޮތް ޕާޓީ ޓިކެޓް މުއިއްޒު ހުންނެވީ މަކަރާއި ހީލަތުން ހޯދައިގެން ވެރިކަމަށް އައިހެވެ.
މުއިއްޒު ވަނީ ރައީސް ސޯލިހް އާއި ބައްދަލު ކުރުމަށް ވެސް ދަޢުވަތު ފޮނުވާފަ ކަމަށް ރައީސް އޮފީހުން މައުލޫމާތު ލިބެއެވެ. ނަމަވެސް ރައީސް ސޯލިހް އެ ދައުވަތަށް އިޖާބަ ދެއްވާފައެއް ނުވެއެވެ.
ހުރިހާ ލީޑަރުންނަށް ބައްދަލުކުރަން ދައުވަތު ފޮނުވި އިރު، ރައީސް ޔާމީނާއި ބައްދަލުކުރަން މުއިއްޒު ދައުވަތު ފޮނުވާފައެއް ނުވެއެވެ.
ވެރިކަމަށް އައިސް އާންމުންގެ މަގުބޫލުކަން މިހާ އަވަހަށް ދިޔަ ވެރިކަމެއް އަދި ނާދެއެވެ.