ފުށިދިއްގަރުފަޅު ސީއެމްސީއަށް ނާޖާއިޒު ގޮތުގައި ބިޑަކާއި ނުލައި، އެޗްޑީސީ މެދުވެރިކޮށް ދީގެން ހޯދި 100 މިލިއަންގެ ކަޅުފައިސާއިން ރިޝްވަތު ދީގެން އެމްޑީޕީ މެމްބަރުންތަކެއް މުއީއްޒު ވަނީ މިހާރު ގަނެލާފައެވެ. ގަނެފައިވާ މެމްބަރުންނަށް ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާއާއި، ދައުރު ނިމުމުން ސްޓޭޓް މިނިސްޓަރު ކަމާއި، 10 ސިޔާސީ މަގާމު ކޮންމެ މީހަކަށް ދިނުމަށް މުއިއްޒު ޑީލު ހަދާފައިވާކަމަށް ޕީއެންސީއާއި ރިޝްވަތު ނަގައިގެން ގުޅުނު އެމްޕީއެއްގެ ރައްޓެއްސެއް ޔަގީން ކޮށްދެއްވިއެވެ.
މިގޮތުން ކޮރަޕްޝް ދީގެން ގެންނަ ފަރާތްތައް ޕީއެންސީއަށް ސޮއެ ކޮށް، އެ ނުހައްޤު ކަޅު ހަރާން ފައިސާއިން މި ކުރި ނުބައި ފާފަ ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކޮށް އުފާ ފާޅުކުރުމަށް މުއިއްޒު ނިންމުމާއި ގުޅިގެން، މިކަމުގެ ނުރުހުން ސޯޝަލް މީޑިޔާގައި މީހުން ދަނީ ފާޅު ކުރަމުންނެވެ.
މަޖިލިސްގެ ދައުރު ނިމެން މިހާ ކައިރިވެފައިވަނިކޮށް މިހާ ބޮޑު އަދަދެއް ދީގެން، މަޖިލިސް މެމްބަރުންތަކެއް މިގަތީ، މުއިއްޒު މަޖިލީހުން އަޒުލު ކުރުމާއި ބެހޭ ގޮތުން ވާހަކަތައް އިތުރުވެފައިވާ ވަގުތެއްގައެވެ. މުއިއްޒު އަޒުލު ކުރުމަށް މަޖިލީސް މެމްބަރަކު އެވާހަކަ ދެއްކުމުން އެ މަޖިލިސް މެމްބަރަށް މަރުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ހަރާން ކަޅުފައިސާގެ ރިޝްވަތު ނަގައިގެން ޕާޓީ ބަދަލު ކުރާ މީހުންގެ ތެރޭ ހިމެނޭ ބައެއް މީހުން ގޮތުގައި މައުލޫމާތު ލިބިފައިވަނީ އަބްދުލްޣަނީ ޢަބްދުލްހަކީމް (ކުރެންދޫ ދާއިރާ)، މުހައްމަދު ރާޝިދު (ކޮމަންޑޫ ދާއިރާ)، އިބްރާހިމް ނަސީރު (މުލަކު ދާއިރާ)، އަބްދުލް މުހްސިން ހަމީދު (ނިލަންދޫ ދާއިރާ)، މުހައްމަދު ނިހާދު (ފޭދޫ ދާއިރާ)، އާދަމް އަލީ (މާފަންނު ދެކުނު ދާއިރާ)، އާއި މަޝްހޫރު މަވޯޓާ ޝަރީފެވެ.
މުއިއްޒު ކަޅު ފައިސާ ދީގެން ގަނެފައިވަނީ، މަޖިލީހަށް ދެވަނަ ދައުރަކަށް ނުހޮވޭނެ ކަމުގެ ޔަގީން ކަން އޮތް، ގޮތް ހުސްވެފައިވާ މަދު މެމްބަރުން ކޮޅެކެވެ. އަމިއްލަ ނަފްސު މިހެން ވިއްކާލާފައިވާ ފަރާތްތަކަކީ ސިޔާސީ އެއްވެސް ބަރުދަނެއްވެސް ނެތް، ތާއީދެއް ނެތް ބަޔަކަށް ވުމުން މި މީހުން ބައިތިއްބާކަން އެމްޑީޕީއިން ވެސް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ،
ކަޅުފައިސާގައި ޖެހި، ކޮރަޕްޝަން ފައިސާ ނަގާފައިވާ ފަރާތްތައް ސޮއިކޮށް އުފާ ކުރުމަށް މުއިއްޒު ޖަލްސާ ބާއްވަނީ މާދަމާ ރޭ ދަރުބާރުގޭގައެވެ. މި މެމްބަރުން ކޮޅާއި އެކު އެމްޑީޕީއެކަނި މުއިއްޒު އަޒުލު ކުރުމަށް ދަތިވާނެއެވެ. ނަމަވެސް މަޖިލީހުގެ ކޮންޓްރޯލެއް މިވަރަކުން މުއިއްޒަށް ނުލިބެއެވެ. މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލް ލިބުމަކީ މުއިއްޒުގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެގެން ދާނޭކަމެކެވެ.