ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، ނުރައްކަލަކަށް ވެގެން ނޫޅެން: ސަރުކާރު

ދިޔަވަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، ނުރައްކަލަކަށް ވެގެން ނޫޅެން: ސަރުކާރު

ސަރުކާރަށް ދޮޅުމަސް ދުވަސް ވެގެންދާއިރު ވެސް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު އިތުރުވެ ނުވަތަ މަދުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި މިވަގުތު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ނުދެކޭ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

އެކަކު ހުއްޓަސް، ތިބި ފަރާތްތަކުގެ އަދަދު ގައި ނުރައްކަލެއް އޮތް ކަމަށް ސަރުކާރުން ގަބޫލު ނުކުރެވޭ ނަމަ، އޭގެ މާނަ އަކީ ސަރުކާރަށް އެ ވިދާޅުވެވެނީ ނޫންތޯ، އިންޑިޔާ ސިފައިން ތިބި ތިބުމަކީ ނުރައްކަލެއް ނޫން ކަމަށް! އެއިން އެ އެނގެނީ ވެރިކަމަށް އައުމަށް އެހެއްދެވީ ދޮގު ކަން! ނުރައްކަލެއް ނެތް ނަމަ އިންޑިޔާ ސިފައިން ފޮނުވާލައިގެން ނުވާނެ! އެމީހުން ތިބީ ރާއްޖެއަށް އެހީވާން!

ރާއްޖޭގެ ސިޔާސީ ލީޑަރެއް ދިޔަވަރު ނޫހަށް ހާމަ ކޮށް ކިޔައިދެއްވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި ތަކުރާރުކޮށް ނޫސްވެރިން ވަނީ އިންޑިއާ ސިފައިންގެ އަދަދު މިއަދާ ހަމައަށް ވެސް ސަރުކާރަށް ޔަގީން ކުރެވިފައި ނުވާތީ ސުވާލުތައް އަމާޒުކޮށްފަ އެވެ.

"އެންމެ ފުރަތަމަ ދެންނެވި އަދަދެއް ނޫން, އެއީކީ ފަހުން އެ އަދަދުތައް ކްލެރިފައި ވެގެން އެ އަދަދު 70 ކޮންމެވެސް އަދަދެއް. ފަހުން 89 ކަމަށް ދަންނަވާ ހާމަކޮށްފައި އޮތީ. އެ އަދަދު އަދިވެސް އޮތީ އެހެން," އިންޑިއާ ސިފައިންގެ އަދަދާ ގުޅޭ ގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވި އެވެ.

ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމެއް ކަމަށް ސަރުކާރުން ދެކޭތޯ ސާފުކުރުމަށް ވެސް ނޫސްވެރިން ސުވާލުކުރި އެވެ.

"ދެން ސުވާލަކީ އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްހޭ. އިންޑީއާ ސިފައިންގެ އަދަދު މީޑިއާއަށް މި ދަންނަވަނީ އަޅުގަނޑަށް ލިބޭ އަދަދު. ކަމާ ބެހޭ މުއައްސަސާތަކުން އެ ކަންތައްތައް ބަލާ, އެއީކީ ގައުމީ ސަލާމަތަށް ހުރި ނުރައްކާ ހުރި ކަމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގައެއް ނުކުރައްވާ. އެ ބޭފުޅުން އެކަންތައް މެނޭޖު ކުރައްވަމުން ގެންދަވަނީ," ޝަހީބް ވިދާޅުވި އެވެ.

މިހާރު ތިބީ 89 ސިފައިން ކަމަށް ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް އަދިވެސް އެ އަދަދަށް އުނިއިތުރު އައުން އެކަށީގެންވާ ކަމަށް ޝަހީބު ވިދާޅުވި އެވެ. އަދި, އެއީ މާ ބޮޑު މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ އިންޑިއާ ސިފައިންގެ އަދަދު, އަޅުގަނޑުމެން ލިޔެފައިވާ އަދަދަކީ 89 އެކޭ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެ އަދަދުތައް ބައްލަވާ ސާފުކުރައްވަމުން ގެންދަވަނީ. އެ ނުރައްކަލަކަށް ވެގެން ނޫޅެމޭ އަޅުގަނޑުމެންނަށް," ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން އިންޑިއާ ސިފައިން ތިބި އަދަދު ނޭނގުމަކީ ނުރައްކަލެއް ކަމަށް ނުދެކެންތޯ ނޫސްވެރިޔަކު އެހުމުން ޝަހީބް ވިދާޅުވި އެވެ.