ޚަބަރު

އަދުރޭ، އެމް.ކިއު.އޭ ގެ ބައްދަލުވުމެއްގެ ރިޔާސަތުގައި އިންނެވުމުން، ސަރުކާރުގެ އަގުވެއްޓި، ރައްޔިތުންގެ ފާޑުކިޔުން މުއިއްޒަށް އަމާޒު ވެއްޖެ!

ދިޔަވަރު
އަދުރޭ، އެމް.ކިއު.އޭ ގެ ބައްދަލުވުމެއްގެ ރިޔާސަތުގައި އިންނެވުމުން، ސަރުކާރުގެ އަގުވެއްޓި، ރައްޔިތުންގެ ފާޑުކިޔުން މުއިއްޒަށް އަމާޒު ވެއްޖެ!

މިއަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ) ގައި ބެއްވި ބައްދަލުވުމެއްގެ ރިޔާސަތުގައި ގުރޭޑް 7 ގެ ފެންވަރުވެސް ނެތް، ރައީސް މުއިއްޒުގެ އެޑްވައިޒަރ އަބްދުއްރަހީމް (އަދުރޭ) އިންނެވުމުން، ސަރުކާރަށް ފާޑުކިޔުން އިންތިހާއަށް އަމާޒުވެއްޖެއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ބޭއްވި މި ބައްދަލުވުމަކީ ތައުލީ ދާއިރާއާއި ގުޅޭ މައްސަލަތަކަށް ހައްލު ހޯދަން ހަޔަރ އެޑިއުކޭޝަނުން ރައީސުލް ޖުމްހޫރިއްޔާގެ އެޑްވައިޒަރ އަބްދުއްރަހީމް (އަދުރޭ) އާއި އެކު ބޭއްވި ބައްދަލުވުމެކެވެ. މިއިން ސާފުވެގެން ދަނީ ރައީސް މުއިއްޒު ރާއްޖޭގެ ޒުވާނުންގެ މަތީތައުލީމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އިހްލާސްތެރި ކަމެއް އެއްވެސް މިންވަރަކަށް ނެތް ކަމެވެ.

ގްރޭޑް 7 ގެ ފެންވަރުވެސް ނެތް މީހަކު ހަޔަރ އެޑިއުކޭޝަންގެ ހުރި މައްސަލަތައް ހައްލުކުރަން މުއިއްޒު ފޮނުވުން ވެގެން ދިޔައީ އެ މިނިސްޓްރީއަށާއި، ދިވެހި ރައްޔިތުންނަށް ލިބުނު ސިހުމަކަށެވެ. ސޯޝަލް މީޑިޔާގައި ވާހަކަ ދައްކަމުން މުއިއްޒުގެ މި އަމަލާއި މެދު، މީހަކު ބުނެފައިވަނީ "ވީ ރޯން ކަމެއް، ހޭން ކަމެއް" ނޭނގުނު ކަމަށެވެ. ޤައުމުގެ ހާލަތު މިހާލަތަށް ވެއްޓި ގޯހަކަށް ފަހު ގޯހެއް ހަދަމުން ދާއިރު މިވަގުތު މުއިއްޒު އިނެންވީ، އެތައް މިލިއަން ހަރާން ފައިސާއެއް ރިޝްވަތުގެ ގޮތުގައި ދީގެން ގަތް މަޖިލިސް މެމްބަރުން ޕީއެންސީ، އަށް ސޮއެ ކުރަން ހަފްލާއެއް ބާއްވައިގެން އުފާ ފާޅު ކުރުމުގައެވެ.