ހުންނެވި ޕާޓީން ވަކިވާނަމަ ރީތި ގޮތަކީ ގޮނޑި ދޫކޮށްލުން ކަމުގައި ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ 13 މެމްބަރަކު ރޭ ކޮންގްރެސް ޕާޓީއަށް ސޮއި ކުރެއްވުމާއި ގުޅިގެން ކުރި އެކްސް ޕޯސްޓެއްގައެވެ.
އެކްސް ޕޯސްޓުގައި އިކުރާމް ވިދާޅުވީ އޭނާ ވޯޓްލާ ދާއިރާގެ މެންބަރަށް ވޯޓު ދިނީ އާދަމް އަލީ (ރޭ ސޮއިކުރި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރެއް) ވެގެންނެއްނޫން ކަމަށާއި، އެމް.ޑީ.ޕީ ޓިކެޓްގަ ވާދަކުރި ކެނޑިޑޭޓްވެގެން ކަމުގައެވެ.
ޕާޓީ ބަދަލް ކުރުމާ އެކު އަޅުގަނޑުގެ ވޯޓް މިހާރު ހައްޤެއް ނުވާނެ. ޕާޓީން ވަކިވާންވާނި ގޮނޑި ދޫކޮއްލާފަ. ރީތި ގޮތަކީ މަޖްލިސް ގޮނޑިން އިސްތިއުފާ ދިނުން.
އިކުރާމް ވިދާޅުވިއެވެ.
ޖުމްލަ 52 މިލިއަން ރުފިޔާގެ ރިޝްވަތު ނަގައިގެން 13 އެމްޑީޕީ މެމްބަރަކު ރޭވަނީ ކޮންގްރެސް ޕާޓީއާއި ގުޅިފައެވެ.
އެ 13 މެމްބަރުން ކޮންގްރެސް ޕާޓީއަށް ސޮއި ކުރުމަށްފަހު ފޯމު ހަވާލު ކުުރެއްވީ އޭގެ ކޮންމެ މީހަކަށް 4 މިލިއަން ރުފިޔާ ދީފައިވާ ޑރ. މުހައްމަދު މުއިއްޒަށެވެ.
ޕީއެންސީއަށް ސޮއި ކުރެއްވީ:
މަރަދޫ އިބްރާހިމް ޝަރީފް
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް
އިސްދޫ ދާއިރާގެ އަލީ ހަމީދު
ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް
ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް
މަތިވެރި ހަސަން ޒަރީރު
މުލަކު ދާއިރާގެ އިބްރާހިމް ނަސީރު
ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު
މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ
ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު
ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން
ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު
ޕީޕީއެމް/ޕީއެންސީން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މި ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގެންނެވި އިރު، އެބޭފުޅުންގެ ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި 13 މެމްބަރުންގެ ތެރެއިން ޖަލްސާ އަށް ވަޑައިގެންނެވީ 10 މެމްބަރުންނެވެ. އަނެއް ތިން މެމްބަރުން މާލޭގައި ނޫޅުއްވި ނަމަވެސް އެ މެމްބަރުން ވަނީ ޕީއެންސީ އަށް ސޮއިކުރެއްވި ފޮޓޯ އާންމުކޮށްފައެވެ.
މި މެމްބަރުންގެ ތެރެއިން 12 މެމްބަރުންނަކީ މިއަދާ ހަމައަށް ވެސް އެމްޑީޕީގައި ތިއްބެވި މެމްބަރުންނެވެ. އަދި ހައިތަމް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވި ފަހުން މިހާތަނަށް އައިއިރު ވެސް އޭނާ އެއްވެސް ޕާޓީއަކާ ގުޅިވަޑައިގެންފައެއް ނުވެއެވެ.
މި ހުރިހާ މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމާ އެކުގައި މަޖިލިހުގެ މައިނޯރިޓީ ޕާޓީ އަށް ވާނީ ޕީއެންސީއެވެ. މި ބަދަލާ އެކު، މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު 44 އަށް އަރާއިރު، އެމްޑީޕީގައި މިރެއާ ހަމައަށް 56 މެމްބަރުން ތިއްބެވިއެވެ.
މުއިއްޒު 54 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން މެމްބަރުން ގަނެފައިވަނީ ފުށިދިއްގަރު ބިންހިއްކުމަށް ސްރީ ލަންކާގެ ސީއެމްސީ ކުންފުންޏަށް 70 ހެކްޓަރުގެ ބިން 99 އަހަރަށް ދީގެން ނަގާފައި 100 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ފައިސާއިންނެވެ.