އާ އަހަރުގެ ހަވާ އެރުވުމުގެ ރަސްމިއްޔާތަށް ޕްރެކްޓިސް ކުރުމަށް ކަމަށް ބުނެ ހުޅުމާލޭގައި 6 މިލިއަން ރުފިޔާގެ އަގުގެ ހަވާ 15 މިނުޓު ވަންދެން އަރުވައިފިއެވެ. މިކަން ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭގަނޑު 8:00 ގައެވެ. ހުޅުމާލެ ގިނަބަޔަކު ވަނީ މި ހަވާ އެރުވި މަންޒަރު ބަލަން އެ ސަރަހައްދަށް އެއްވެފައި ކަމަށް އެތަނަށް ދިޔަ ބަޔަކު ހާމަ ކުރިއެވެ.
ދައުލަތުގެ ދަރަނި ހުރި ވާހަކަ އާއި ބަޖެޓުގެ ދަތިކަމުގެ ވާހަކަ ރައީސް މުއިއްޒު ވަނީ ރޭގެ ރިޝްވަތު ދީގެން ޕާޓީއަށް ވަން މީހުންނާއި އެކު އުފާ ފާޅުކުރަން ބޭއްވި ހަފްލާގައިވެސް ފާހަގަ ކޮށްފައެވެ. ނަމަވެސް ސަރުކާރުން ދަނީ އެތައް ސަތޭކަ ސްޓޭޓް މިނިސްޓަރުންނާއި، އެތައް ސަތޭކަ ޑިޕިއުޓީ މިނިސްޓަރުން ނެއް ބޮޑު މުސާރާގައި ނަގަމުންނެވެ.
15 މިނުޓަށް ޕްރެކްޓިސް އަށް ސަރުކާރުން ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ހަވާ އަރުވަން ވީ ސަބަބެއް އެމްއެންޑީއެފް އިން ސާފުކޮށް ބުނެދީފައި ނުވާ އިރު، 6 މިލިއަން ރުފިޔާ އެއްވެސް ސަބަބެއް ނެތި، އަނދާ އަޅިއަށް ހެދުމުން، އާންމުން ވަނީ އެކަމާއި ކަންބޮޑުވެގެން ވާހަކަ ދައްކަން ފަށާފައެވެ.
ދައުލަތުގައި ފައިސާ ނެތިގެން މި އުޅޭނީ! ތަކެތީގެ އަގު އެހާ ބޮޑު! ނަމަވެސް ސަރުކާރުން ޕްރެކްޓިސް އަށް 15 މިނުޓަށް އެ އެރުވީ ހަވާ! މިއީ ވާ ސަރުކާރެއް!
މި މަންޒަރު ފެނުނު މީހަކު ހައިރާން ކަމާއި އެކު ދިޔަވަރު އަށް މެސްޖް ކޮށް ކިޔައިދިނެވެ.
މީގެ ކުރިން އެއްވެސް ރަސްމިއްޔާތަކަށް ހަވާ އެރުވުން ޕްރެކްޓިސް ކޮށްފައި ނުވެއެވެ. އަދި މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކުރާ ކަމެއްވެސް ނޫނެވެ. އެމްއެންޑީއެފް ގައި ހަވާ އެރުވުމުގެ ޤާބިލު ކަން ލިބިފައިވާ އެތައް ފަރާތެއް އެބަ ތިއްބެވެ.