މުއިއްޒު ފަތިސް ނަމާދަށް ޖަމާއަތަށް ދިޔުން ހުއްޓާލައިފި ކަމަށާއި، ޖަމާއަތަށް ނަމާދަށް ގޮސްފައިވަނީ ވެރިކަން ލިބިގެން ފުރަތަމަ ދެ ހަފްތާގައި ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ހާމަ ކޮށްފިއެވެ. މުއިއްޒު އުޅުއްވަނީ ދީނާއި، ޤައުމިއްޔަތު ނަގައި އޭނާއަކީ ވަރަށް ދީން ވެރި ވެރިއެއް ކަމަށް ދެއްކުމަށެވެ. މި ގޮތުން ވެރިކަމަށް އައުމަށް ހުވާ ކުރުމުގެ ރަސްމިއްޔާތު ނިންމާފައި ވެސް، ރައްޔިތުންނަށް ދެއްކުމަށް އިސްލާމީ މަރުކަޒުގައި ނަމާދު ކުރެއްވިއެވެ.
އޭގެ ފަހުން ފަތިސް ނަމާދަށް ދެ ހަފްތާއަކު ވަޑައިގެން ސޯޝަލް މީޑިޔާއަށް އޭނާގެ އަންހެނުންގެ އާއިލާ މީހުން މެދުވެރިކޮށް ފޮޓޯލައި، މުއިއްޒު ވަނީ ދީނީ ކާޑު ކުޅެ ރައްޔިތުންގެ ހިތްތަކަށް މަކަރާއި އެކު ވެރިވެގަނެފައެވެ.
ނަމަވެސް، މުއިއްޒު ވަނީ ދާދި ފަހުން، 52 މިލިއަން ރުފިޔާ ކޮރަޕްޝަނަށް ބަހައި، 13 މެމްބަރަކު އެ ކަޅު ފައިސާއިން ގަނެލާފައެވެ. މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާން ކޮށްފައިވާ ކަމެކެވެ.
ފަތިސް ނަމާދަށް ޖަމާއަތަށް މުއިއްޒު ދިޔުން ހުއްޓާލި ސީދާ ސަބަބެއް ސާފުވެފައި ނުވެއެވެ. މާލެ ތެރޭގައި ވާހަކަ ދެކެވެމުންދަނީ މުއިއްޒު، ފަތިސް ނަމާދަށް ދިޔުން ހުއްޓާލީ، ރިޔާސީ އިންތިހާބުގައި މީހުންނަށް ދިނުމަށް ވައުދުވެ، ނުދީ ހުރި ފައިސާއާއި މެދު މީހުން ސުވާލު ކުރަން ފެށުމުންނެވެ. ނަމަވެސް މިއީ ދެކެވޭ ވަހަކައަކަށްވުމުން، މިކަމަކީ މުއިއްޒު ޖަމާއަަތަށް ފަތިސް ނަމާދަށް ނުދާ ސީދާ ސަބަބުކަމަށް ދިޔަވަރަށް ޔަގީން ކުރެވިފައެއް ނުވެއެވެ.
މުއިއްޒު ވެރިކަމަށް އައުމަށް ވަރަށް ގިނަ ދޮގާއި މަކަރު ހަދާފައިވެއެވެ. ދީނީ ލީޑަރެއްގެ ސިފަ ދެއްކުމަކީ އޭގެ ތެރެއިން މުއިއްޒު އޮޅުވާލައިގެން ކުރި ކަންކަމުގެ ތެރޭ ހިމެނޭ ކަމެކެވެ. ފާއިތުވި ދޮޅު މަސް ތެރޭގައި، ދޮގު ހެދުމާއި، ވައްކަން ކުރުމާއި، ރިޝްވަތު ދިނުން އަރާ ހުންނެވި މީހެއްކަމަށް ރައްޔިތުންނަށް ވަނީ ފާހަގަ ކުރެވިފައެވެ. ސޯޝަލް މީޑިޔާގައި މުއިއްޒަށް ރަސްވަގު، އަދި ކައްޒާބު އޭވެސް ދަނީ ކިޔަމުންނެވެ.