ސިޔާސީ

ޕީއެންސީއަށް ގިފިލި ފިނދަނަ ކަމުގޮސް ފައިސާއަށް ގަނެ އޮޅުކޮށްފި! 

ދިޔަވަރު
ޕީއެންސީއަށް ގިފިލި ފިނދަނަ ކަމުގޮސް ފައިސާއަށް ގަނެ އޮޅުކޮށްފި! 

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކޮށް ހޮވުނި އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރާޝިދު (ރާޑޯ) އާއި ގުޅޭ ބޮޑެތި މުޑުދާރު ވާހަކަތަކެއް ޕީއެންސީ އިން އެ އިލެކްޝަނާއި ގުޅިގެން ގެނެސްދިނެވެ. ރާއްޖޭގެ ކުދި ބޮޑު އެންމެންހެން މިވާހަކަތައް އަޑު އެހި އެވެ.

ރާޝިދުގެ ވާހަކަ ފެށިގެން ދަނީ، ރާޝިދު ގޮވައިގެން އޭނަގެ ބައްޕަ ށ، ކޮމަންޑު އަށް ގޮސް ރާޝިދު ކިޔަވަން ބަހައްޓާނެ ގެއެއް ނިލިބިގެން ސަލާން ޖެހި ވާހަކައިންނެވެ. އަދި އިހުސާން ތެރި ކަމަށް ޓަކައި ފެހިއަލި ކިޔާ އެރަށު ގެއެއްގައި އަގެއް ނުނަގާ އޭނާ ބެހެއްޓި ވާހަކަ އެވެ. އޭގެ ފަހުން އެގޭ އުޅޭ ރާޝިދުއާއި އެއް ފުރާވަރެއްގެ އަންހެން ކުއްޖަކު ފެންވަރަށް ހުއްޓާ ފާރުމަތިން ގިފިލި ބަލަން ހުރި ވާހަކަ އެވެ. އެގެއިން އޭނާ ނެރެލުމުން، ފަހުން އޭނާ ބެހެއްޓި ގޭގެ އަންހެން މީހާ ފެންވަރަށް ވަނުމުންވެސް، ރާޝިދު ގިފިލި ބެލިކަމަށް ޕީޕީއެމް ޕީއެންސީ އިން ދިޔައީ ބުނަމުންނެވެ. ރާޝިދު އަކީ ށ. ފޯކައިދޫގައި އޮރިޔާން ފިލްމު ބަލަމުން ދުވެ، އެވާހަކަ އަމިއްލަ އަށް ހޮޅުއަށިތަކުގައި ދައްކަމުން ދިޔަ މީހެއް ގޮތުގައި ޕީޕީއެމް ޕީއެންސީ އިން މުޅި ރާއްޖޭގައި ކިޔަމުން ދިޔައެވެ.

މިވާހަކަ ހަމަ އެކަނި ދެއްކީ ސޯޝަލް މީޑިޔާގައި އެކަންޏެއް ނޫނެވެ. މިވާހަކަ ނޫސްތަކުގައި ލިޔެ ރާޝިދު އަކީ ކިހާ މުޑުދާރު މީހެއްކަމަށް ރައްޔިތުންނަށް ކިޔައި ދިނީ ހަމަ މުއިއްޒު އަރިހުގައި މިހާރު ތިބި މީހުންނެވެ. ނަމަވެސް، މުއިއްޒު ވަނީ އެއްކަލަ މުޑުދާރު ނުބައި، ގިފިލިބަލާ ފިނދަނަ ކަމުގޮސް ގަނެލާފައެވެ. 4 މިލިއަން ރުފިޔާއަށެވެ. ދައުރު ނިމުމުން ޕީޕީއެމް ވެރިކަމުގައި އޭނާ އަންނާނީ ބޮޑު މިނިސްޓްރީ އެއްގެ ސްޓޭޓް މިނިސްޓަރަށެވެ. އޭނާގެ 10 މީހަކަށް ސަރުކާރު ވަޒީފާ ލިބޭނެއެވެ. ގިފިލި ބަލާ ރާޑޯ ކަމުގޮސް ގެއަށް ވެއްދީއެވެ. މިފަހަރު ބަލާނީ ކޮން ގިފިއްޔެއް ކަމެއް ނޭނގެއެވެ.