ސެއިހް އަލީ ޒައިދަކީ މިއަދު ވެރިކަމުގެ ތިބި ފަރާތްތަކުން އެމީހަކަށް އަމާޒު ކޮށްގެން ވަރަށް ގިނަ ބަހުގެ ހަމަލާ ރައްދު ކުރި ފަރާތެކެވެ. މުއިއްޒު ވެރިކަމަށް ކުރިމަތި ލުމާއި ހަމަ އަށް އޭރު، ސިޔާސީ ގޮތުން ޕީޕީއެމް ޕީއެންސީ އިން ވިއްކި ދޮގުތަކާއި ފިތުނަވެރި ކެމްޕެއިނާއި ދެކޮޅަށް ހުންނެވި ބޭފުޅެކެވެ.
ނަމަވެސް ޔުނިވަރސީޓީއިން ޝެއިޙް އަލީ ޒައިދުގެ އެކުވެރި، ޑރ. އިޔާޒު އެމްއެންޔޫގެ ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން ޝެއިޙްގެ ހިތްހަމަ ނުޖެހުން ސަރުކާރަސް އަމާޒު ވިއެވެ. ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި އަންހެން ކުދިން ހިތާނަ ކުރުމަށް ހިތްވަރު ކޮށްފައި އޮތް އޮތުމާއި ގުޅިގެން ޔުނިވަރސީޓީއިން ފިޔަވަޅު އަޅިއެވެ. އަދި އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ބަލައިދިނުމަށްވެސް އެކި ފަރާތްތަކުން އޭރު ހުށައެޅިއެވެ.
އަދި ޝެއިހް އަލީ ޒައިދު ކުރެއްވި ބައެއް ޓްވީޓް ތަކާއި ގުޅިގެންވެސް ޔުނިވަރސިޓީއިން ފިޔަވަޅު ތަކެއް އޭރު އެޅިއެވެ. ނަމަވެސް، ފިޔަވަޅު އަޅާފައިވަނީ ކޮން ޓްވީޓަކާއި ގުޅިގެން ކަން، ދިޔަވަރު ނޫހަށް ސާފު ނުވާތީ ޔުނިވަރސިޓީއިން އެޅި ފިޔަވަޅު ތަކަކީ އިންސާފުވެރި ފިޔަވަޅުތަކެއް ކަމަށް ނުވަތަ ނޫން ކަމެއް ދަންނަވަން ދައްޗެވެ. މައި ސަރުކާރުގެ ބާރުތައް ދޫކޮށް މުއައްސަސާތަކުގެ ހިނގުން މިނިވަން ވެފައި އޮތުމުން، އެތަންތަނުން އަޅަމުން ދިޔަ ފިޔަވަޅު ތަކަކީ ސަރުކާރުގެ މާބޮޑު ދައުރެއް އޮތް ފިޔަވަޅު ތަކެއް ނޫނެވެ. ނަމަވެސް ޝެއިޙް އަލީ ޒައިދު އަށް ޔުނިވަރސިޓީއިން އެޅި ފިޔަވަޅު ތަކަކީ ރައީސް ސޯލިހް އަށް ޒައިދު ކުރަމުން އައި ތާއީދު ދޫކޮށް، މުއިއްޒަށް ތާއީދު ކުރަން ނިންމި ސަބަބު ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.
52 މިލިއަން ރުފިޔާގެ ބޮޑު ރިޝްވަތެއް ދީ، 13 މަޖިލިސް މެމްބަރުން ގަނެލާފައި ވާކަމީ މިއަދު، ރާއްޖޭގެ ކުޑަބޮޑު އެންމެން ދަންނަ ހަގީގަތެކެވެ. ނަމަވެސް ރިޝްވަތާއި ގުޅިގެން މުއިއްޒަށް އަމާޒުވަމުންދިޔަ ފާޑު ކިޔުންތަކަށް ދިން ރައްދެއްގެ ގޮތުގައި ޝެއިހް އަލީ ޒައިދު ވަނީ އެމްޑީޕީ އަށް މިއީ ލިބުނު ރަނގަޅު ފިލާވަޅެއް ކަމަށް ވިދާޅުވެ، ކަމުގެ އަސްލު އޮޅުވާލުމަށް ޓްވީޓް ކޮށްފައެވެ. މިކަމާއި ގިނަ ބައެއްގެ ނުރުހުން ޝެއިހަށް އަމާޒުވެ، ކޮރަޕްޝަނާއި، ފަސާދަ ހުއްޓުވުމަށް ދީނީ އިލްމުވެރިން ބަސް ބުނަން ޖެހޭ ހާލަތްތަކުގައި، އެކަންކަން ފޮރުވައި ހިތްވަރު ދޭތީ ސެއިހް އަލީ ޒައިދަށް ސޯޝަލް މީޑިޔާގައި ފާޑު ކިޔުން ވަނީ އަމާޒު ވެފައެވެ.
އިތުރަށް ޝެއިހް އަލީ ޒައިދުގެ ޓްވީޓް ގައި ވަނީ މަގުބޫލު އުޒުރެއް ނެތި، އެމްޑީޕީއިން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ލީޑަރޝިޕުން އެއްވެސް އިރެއްގައި މުއިއްޒުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއް މަޖިލީހަށް ލުމަށް މަޝްވަރާވެސް ކޮށްފައި ނުވެއެވެ. ނަމަވެސް ބައެއް މަޖިލިސް މެމްބަރުންނާއި، އާންމުން އެކަމަށް ގޮވާލިއެވެ. އެއީ ޕާޓީގެ ރަސްމީ އެއްވެސް ގުނަވަނަކުން މަޝްވަރާކުރެވި ނުވަތަ ބޭނުންވެގެން ދެއްކި ވާހަކަ އެއްވެސް ނޫނެވެ. ނަމަވެސް އެވަރުވެސް ބަލާ ނުލައި ޒައިދު ޓްވީޓް ކުރެއްވުމުން ފާޑު ކިޔުން އަމާޒުވާން ފެށިއެވެ.
ނުހައްގުން ގެއްލުން ދޭން ފަށައިފިނަމަ، އޭގެ ނަތީޖާ ފެންނާނެ ކަމަށް ބުނެ 52 މިލިއަން ދީފަ ހިނގި ހަރާން ވިޔަފާރީގައި މަތި ޖަހަން ޒައިދު މަސައްކަތް ކުރިއެވެ.
ރިޝްވަތު ނެގުން ފަދަ ބޮޑެތި ކުށްތަކުގައި، ރައްޔިތުންނަށް އޮޅޭހެން ވާހަކަ ދެއްކުމުގެ ބަދަލުގައި އިންސާފުން ބަސް ބުނުމަކީ ރައްޔިތުންގެ ހައްޤުގައި ކޮށްދެވޭނެ އެންމެ ކުޑަ މިންވަރެވެ.