52 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަން ހިނގައި، 13 މަޖިލީސް މެމްބަރުން ގަނެލިއިރު އޭސީސީ އޮތީ ކަނުވެފައެވެ. ރާއްޖޭގައި މިހާރު ހިނގަމުންދާ ހުރިހާ ބޮޑެތި ކޮރަޕްޝަންތަކެއް ހިނގަމުންދަނީ އޭސީސީއިން އެކަމަށް ފުރުޞަތު ދީގެން އޮވެގެންނެވެ.
100 މިލިއަން ޑޮލަރު ނަގައިގެން ފުށިދިއްގަރުފަޅު 300 މިލިއަން ޑޮލަރަށް ހެދެން އޮތް ޕްރޮޖެކްޓް 48 ބިލިއަން ޑޮލަރުގެ ބޮޑު އަގެއްގައި 70 ހެކްޓަރުގެ ބިން، ޤައުމުން ބަޔަކަށް ދިން އިރު، އޭސީސީއިން ހިލަމެއްވެސް ނުވިއެވެ. މުއިއްޒުގެ ކޮރަޕްޝަނުގެ 13 މައްސަލައެއް މިހާރުވެސް އޮއްބާލައިގެން އޮތް އޭސީސީ ވަނީ މިފަދަ ބޮޑު ކޮރަޕްޝަނެއް ރާއްޖޭގައި ހިނގާ ދިޔުމަށް ދޫކޮށްލާފައެވެ. ޤައުމުން ފެންނަމުން ދަނީ އިންސާފު ހޯދަން ދާނެ ދިމާލެއް ނެތިފައި ގޮތް ހުސްވެފައިވާ ރައްޔިތުންތަކެކެވެ. ކޮރަޕްޝަން ބަލަން ހަމަ އެކަނި އޮތް މުއައްސަސާ އޮތީ ކަނު ބަނދެގެން މުއިއްޒާއި އެކު ގަނޑުފިއްލާ ކުޅޭށެވެ.
52 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ހިނގައި އެދިޔައީ ލޯ ކުރި މަތީއެވެ، އެމްޑީޕީގެ އެތައް މެމްބަރުންނަށް ގުޅައި މިލިއަނުން ފައިސާ ހުށައެޅި ކަމާއި، 13 މެމްބަރަކު ހިތުން ރުހުމުން، މުއިއްޒު ދެކެ ވާ ލޯބިން ގޮސް ޕީއެންސީ އަށް ސޮއެ ނުކުރާކަންވެސް އޭސީސީ އަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ހިތާމައަކީ މުއިއްޒުގެ މައްސަލައަކަށް ވާތީ، އޭސީސީ އޮތީ ހަނުއެވެ.
އެމްޑީޕީއިން ހިތްވަރުކޮށް ނުކުމެ، މަޖިލީހަށް އޭސީސީ ހާޒިރުކޮށް، މި ކޮރަޕްޝަންގައި އޭސީސީގައި ތިބި ކޮރަޕްޓު މެމްބަރުންނާއި ސުވާލު ކޮށް، އެމީހުންނާއި މެދު ފިޔަވަޅު އަޅަން ޖެހެއެވެ. ރައްޔިތުންނަށްޓަކައި އެވަރުކޮށް ނުދެވޭ މެމްބަރުންތަކަކަށް އެމްޑީޕީ އޮތީ ދެވަނަ ފަހަރަށް ވޯޓުދީ ހޮވައިދޭ ގޮތަކަށް ނޫނެވެ. އެމްޑީޕީ މެމްބަރުން ޕްރައިމަރީގައި ވޯޓު ލާއިރު މިކަންކަމަށް ވިސްނާނެއެވެ.
އޭސީސީ އަކީ އަތް ނުލެވޭ، އަތް ނުފޯރާ ތަނަކަށް ވާނަމަ، ޤައުމުގައި މުއިއްޒު ހިންގާނެ އެއްވެސް ކޮރަޕްޝަނެއް ނުހުއްޓުވޭނެއެވެ. އެމްޑީޕީގެ އިންސާފުގެ އަޑު މަޖިލީހުގައި ކުރިންގެ ގުގުމާލަ ދޭށެވެ. އަޅުގަނޑުމެންނަށް މުހިންމީ މަޖިލީހުގައި ގިނަ ބޭކާރު މެމްބަރުން ތަކެއް ތިބުމެއް ނޫނެވެ. އަޅުގަޑުމެން ރައްޔިތުންނަށް މުހިންމީ އިންސާފަށް އެމްޑީޕީ ކުރާ ވަކާލާތެވެ.