ޚަބަރު

މުއިއްޒު ބޭނުންވާ ގޮތަށް ވޯޓުދޭނެ މެންބަރެއް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގައި ނުތިބޭނެ: އަލީ ނިޔާޒު

ދިޔަވަރު
މުއިއްޒު ބޭނުންވާ ގޮތަށް ވޯޓުދޭނެ މެންބަރެއް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގައި ނުތިބޭނެ: އަލީ ނިޔާޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ވޯޓުދޭނެ މެންބަރެއް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގައި ނުތިބޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ނިޔާޒު ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ވޯޓު ދޭނެ އެއްވެސް މެންބަރަކު އެމްޑީޕީގައި ނުހުންނާނެ ކަމަށާއި، ހުރިހާ ބޭފުޅުން ވެސް ވޯޓުދޭނީ ޕާލިމަންޓަރީ ގުރޫޕުން ނިންމާ ގޮތަށް ކަމަށެވެ. އަދި އެ ނިންމާ ހުރިހާ ނިންމުންތަކަށް މެންބަރުން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަން ނިޔާޒު ދެއްވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމާއިގުޅޭ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ނިޔާޒު ވިދާޅުވީ ވަޒީރުންނަށް ރުހުން ހޯދުމަށް މަސައްކަތް ނުކުރާނެކަން ސަރުކާރުން ހާމަކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ 13 މަޖިލިސް މެންބަރުން ޕީއެންސީއަށް ސޮއިކުރެއްވުމާއި ގުޅިގެންނެވެ. އަދި އިތުރު އެމްޑީޕީގެ މެންބަރުން ޕީއެންސީއާ ގުޅިދާނެތޯ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިޔާޒު އެފަދަ މެންބަރުންތަކެއް އެމްޑީޕީގައި މިހާރު ތިބި ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.