ޚަބަރު

އައިޖީއެމްއެޗް އިން ކަރަންޓު ކަނޑާލައި، ބަލިމީހަކަށް އިހްމާލު ވުމުން ފުރާނައަށް ނުރައްކާވެއްޖެ!

ދިޔަވަރު
އައިޖީއެމްއެޗް އިން ކަރަންޓު ކަނޑާލައި، ބަލިމީހަކަށް އިހްމާލު ވުމުން ފުރާނައަށް ނުރައްކާވެއްޖެ!

ކުރިން އެންގުމަކާއި ނުލާއި، އައިޖީއެމްއެޗް ހިމެނޭހެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލާފައި އޮއްވާ، އައިޖީއެމްއެޗްގައި އޮކްސިޖަންގައި އޮތް ބަލި މީހަކު، އޮކްސިޖަން ހުސްވެ ފުރާނައަށް ނުރައްކާވެއްޖެއެވެ. މުއިއްޒުގެ ސަރުކާރާއި އެކު މާލެއިން، ކަރަންޓު ކެނޑުން އާންމުވެ އާންމުންނަށް ދަނީ އެތައް ދަތިތަކަކާއި ކުރިމަތި ލާން ޖެހިފައެވެ.

ކަރަންޓު ކަނޑައިގެން ގޮސް، ބަލިމީހާ ކަރަންޓު ހުރި އައިސީޔޫއަށް ބަދަލު ކުރީ، ރައްޔިތުން އެކަމާއި ކަންބޮޑުވެގެން ޓުވިޓާގައި ހިތްހަމަ ނުޖެހުން ފާޅު ކުރަން ފެށުމުންނެވެ. އެކަން ކުރުމަށް 90 މިނުޓު ދިޔަކަމަށް ޓްވިޓާގައި ސަރުކާރަށް ފާޑު ކިޔަމުން ހާމަ ކޮށްފައިވެއެވެ. މިއީ މި އޮތްފަދަ ޒަމާނު ކަންތައްތައް ހިނގަންވީ ގޮތް ނޫން ކަމަށާއި، މުއިއްޒުގެ އިމާލުން މީހެއްގެ ފުރާނަ މިއަދު ނުދިޔައީ ހަމަ ކިރިޔާ ކަމަށް ބުނެ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ވަނީ ޓްވިޓާރގައި ފާޅު ކޮށްފައެވެ.

https://twitter.com/hkurusee/status/1741072528712323451
ސޯޝަލް މީޑިޔާގައި ސަރުކާރަށް ހިތްހަމަ ނުޖެހުން ދަނީ އިތުރުވަމުން

މުއިއްޒު ވަނީ ސަރުކާރުގެ އެތައް މަގާމުތަކަކަށް ކުފޫ ހަމަ ނުވާ، ތައުލީމެއްނެތް، ގޭންގް ތަކަށް ނިސްބަތާވާ މީހުން ލާފައެވެ. މިގޮތުން ސްޓެލްކޯގެ ހިންގުމާއި ހަވާލުކޮށްފައިވާ ފަރާތުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރާ މަސައްކަތަކީ ސޯޝަލް މީޑިޔާގައި އަމިއްލަ މީހާގެ މަޝްހޫރުކަން އިތުރު ކުރުމަށް ކުރާ މަސައްކަތެވެ. ކަރަންޓުގެ ހިދުމަތް ކެނޑި މީހެއްގެ ފުރާނަ ނުރައްކަލަކަށް ވެއްޓިފައިވަނީ އަމިއްލަ އަށް މަޝްހޫރުވުމަށް ސްޓެލްކޯ އެމްޑީ ހުސެން ފަހުމީ ކުރަމުންދާ މަސައްކަތަށް ފާޑު ކިޔުމާއި މަލާމާތް ރައްދުވަމުންދާ ވަގުތެއްގައެވެ.