ޚަބަރު

5 ރަށެއްގައި ވިއްސާރައިގެ ސަބަބުން ފެންބޮޑު ވެއްޖެ

ދިޔަވަރު
5 ރަށެއްގައި ވިއްސާރައިގެ ސަބަބުން ފެންބޮޑު ވެއްޖެ

ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން 5 ރަށެއްގައި ފެން ބޮޑުވެއްޖެއެވެ. ފެން ބޮޑުވެފައިވާ ރަށް ރަށުގެ ތެރޭގައި ފ. ނިލަންދޫ، ކ. ގުރައިދޫ، ލ. ގަން، ލ. ފޮނަދޫ އަދި ސ. މަރަދޫ ހިމެނެއެވެ. ކ. ގުރައިދޫގައި 20 ގެއެއްގައި ފެންބޮޑުވެ އެހެން ގެތަކަށް އޭގެ ތެރެއިން 3 ގެއެއްގެ މީހުން ވަނީ ބަދަލުވެފައެވެ.

ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ރަށު ކައުންސިލް ތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް އާންމުންނަށް ސީދާ ސަރުކާރުގެ އެހީތެރިކަން ލިބެމުންދާ މިންވަރެއް އަދި ސާފެއް ނުވެއެވެ.

މާލޭގެވެސް ބައެއް ހިސާބުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އަދި ބައެއް ގޭ ގޭގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އިން ހާމަ ކުރެއެވެ.