ސިޔާސީ

ރިޕޯޓު: މުލިއާގެ ނާސި ގެއަކަށް، މުއިއްޒުގެ ދީނީ ސިޔާސަތު މެކުހަށް!

ދިޔަވަރު
ރިޕޯޓު: މުލިއާގެ ނާސި ގެއަކަށް، މުއިއްޒުގެ ދީނީ ސިޔާސަތު މެކުހަށް!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވީ ދިވެހީންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫޙު އާލާކޮށް, އިސްލާމީ ވަންތަ މުޖުތަމައެއް ބިނާކުރުމެވެ. ރިޔާސީ ކެމްޕޭންގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ ސާފު ވެރިކަމެއް ކޮށްދޭނެ ކަމުގައެވެ. އެއީ ރާއްޖޭގައި އަށަގެންފައިވާ ރިޝްވަތާއި ކޮރަޕްޝަން މޫތައް ލުހެލާ, ލާދީނީ ސިފަތައް ދިވެހި މުޖުތަމައުން ފޮހެލާނޭކަމުގެ ފޮނި ވައުދުތަކެވެ.

އަދި ހަމަ އެއާއެކު އެމަނިކުފާނުވަނީ, ދިވެހި ހުރިހާ ރައްޔިތުންވެސް ވަގުތުން ވަގުތަށް ނަމާދަށް ދިއުމަށް ނަސޭހަތްތެރިވެ, ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ފާއިތުވި 1 މަހެއްހާ ދުވަހުގެ ތެރޭގައި (ރައީސް މުއިއްޒު މިހާރުވަނީ ފަތިސް ނަމާދަށް ޖަމާއަތަށް ވަޑައިގެންނެވުން ހުއްޓަވާލައްވާފަ) ބައެއް ރޭރޭގެ ފަތިސް ނަމާދަށް ޖަމާއަތަށް ވަޑައިގެން, ސަޖިދާގައި އޮންނަވާ މަންޒަރު ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ޕްރޮމޯޓުވެސްކޮށް ހައްދަވާފައެވެ.

އޭގެ އިތުރަށްވެސް, ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ ދީސީ ސިޔާސަތަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ, އަދި ރާއްޖޭގައި އަށަގަންނަމުންދާ ލާދީނިއްޔަތުގެ މޫތައް މުލުހުން ލުހެލުމަށް އަމާޒު ހިފާފައިވާ ދީނީ ސިޔާސަތެއްގެ ގޮތުގައި އިސްތިހާރު ކުރުމުގެ ގޮތުން, މިއަރުގެ ކުރިސްމަސް ދުވަސް ރާއްޖޭގެ ރަށްތަކުގައި ފާހަގަ ކުރުމަކީ މަނާކަމެއްކަން އާންމުކޮށް އަންގާ އިއުލާން ކޮށްފައެވެ. އެހެންނަމަވެސް, ރިސޯޓުތަކާއި ގެސްޓު ހައުސްތަކުގައި ކުރިސްމަސް ފާހަގަކުރުން ހުއްދަކޮށް, އެތަންތަނުގައި ކުރިޔަށްދިޔަ ކުރިސްމަސްގެ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށްވެސް މުއިއްޒު ހުޅުވާލާފައި ވެއެވެ.

މުލިއާގެ ނާސިގެއަކަށް!

ރައީސް ޑރ. މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ގ.ވަށަފަރު އިގްބާލު އާދަމް އަކީ މިނިސްޓަރުގެ ފެންވަރުގައި ރިޔާސީ ގަނޑުވަރަށް އައްޔަންކޮށްފައިވާ ބޭފުޅެކެވެ. ރައީސް މުއިއްޒު އިގުބާލް އާދަމް އައްޔަން ކޮށްފައިވަނީ ރިޔާސީ ގަނޑުވަރުގެ ޗީފް އޮފް ސްޓާފުގެ މަގާމަށެވެ.

"ދިވަޔަރު އޮންލައިން"އަށް މައުލޫމާތު ދިން, ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ, މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ ގޮތުގައި އިގުބާލް ހަމަޖެއްސުމާއެކު އޭނާވަނީ، މުލިއާގޭގައި (ރިޔާސީ ގަނޑުވަރުގައި) ކުރިން ބޭނުން ނުކުރާ 3 ކޮޓަރި އޭނާގެ އަމިއްލަ ކެބިންގެ ގޮތުގައި ހަމަޖައްސާފައެވެ. މި ގޮތުން މުލިއާގޭގެ މެދު ކޮޓަރިއަށް އެނދު ވައްދައި އާ ފަރުނީޗަރު ލައި، ދެން ހުރި ކޮޓަރިއަކީ ސެކްރެޓަރީންގެ އޮފީހަށް ހަދައި، 4 ޒުވާން އަންހެން ކުދިން އޭނާގެ ސެކެރެޓަރީންނަށް މިހާރު ހަމަޖައްސާފައި ވާކަމަށް ވެސް "ދިވަޔަރު އޮންލައިން"އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އިގުބާލް އާދަމްގެ ޖާރިއާއެއްގެ ގޮތުގައި މުލިއާގެއަށް ވައްދަމުންދާ ތޫބާ

އޭގެ އިތުރަށް, އިގްބާލު އާދަމް ގެންގުޅުއްވާ ތޫބާ ކިޔާ އަންހެން ކުއްޖަކު، މުލިއާގެއަށް ގެންގޮސް ކޮޓަރިއަށް ވެއްދުން އާންމު ކަމަކަށް ހަދާފައި ވާއިރު، އެކަން މުލިއާގޭގެ އާންމު ސްޓާފުންނަށް އެނގި އެވާހަކަ މުޅި ރިޔާސީ ގަނޑުވަރުތެރޭގައި މިހާރު ދައްކަމުންދާ ކަމުގައިވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

"ގަނޑުވަރުތެރޭގައި އެކި ތަންތާގައި ތޫބާއާއި އެކު އިގްބާލު އުޅުއްވަނީވެސް ސިއްރަކުންނެއް ނޫން. ނަމަވެސް، އާއިލީ ބޭފުޅަކަށް ވުމުން ޑރ. މުއިއްޒު މިކަމަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވޭ.

"ދިވަޔަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ދިޔަވަރު އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އިގުބާލް އޭނާ ގެންގުޅޭ އަންހެން ކުއްޖަކު ގޮވައިގެން މުލިއާގޭ ތެރޭގައި އުޅޭ މައްސަލަ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުގެ މެދުގައި މިހާރުވަނީ ބޮޑު މައްސަކައަކަށް ވެފައެވެ. އަދި މިކަން ބޮޑުވެ، ރާއްޖޭގެ ވަލިއްޔުލްއަލްއަމްރު އުޅުއްވާ ގެކޮޅުގެ ބަރަކާތް ކެނޑި، އެތާގައި ތިބޭ މުއައްޒަފުންނަށް މިކަން އުނދަގޫވެ، މާލެތެރޭގައި މިހާރު މިވާހަކަ ދެކެވެން ފަށާފައިވާކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަަވަރު ވެފައިވާ ގޮތުގައި، އިގުބާލް އުފާ ހޯދުމަށް ގެންގުޅޭ ޖާރިޔާ, ތޫބާ ރޭވެސް 8:00 އިން 12:00 އާއި ހަމައަށް ވަގުތު ހޭދަ ކޮށްފައިވަނީ އިގްބާލްގެ އަރިހުގައި މުލިއާ ގޭގައެވެ. އަދި ތޫބާ ރިޔާސީގަނޑުވަރަށް ވަދެ ނުކުންނަތަން އެސަރަހައްދުގައި އުޅޭ އާންމުންނަށްވެސް ރޭވަނީ ފެނިފައެވެ.

މުއިއްޒުގެ ދީނީ ސިޔާސަތު މެކުހަށް!

އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހިރާއްޖޭގެ ވަލިއްޔުންއަމްރު ދިރިއުޅެއްވާ ރަސްމީ ގެކޮޅު "ނާސި ގެއަކަށް" ބަދަލުވެގެން ދިއުމަކީ ދިވެހި އެއްވެސް ރައްޔިތަކު ރުހޭނެ ކަމެއް ނޫނެވެ. އަދި އަމުދުން މުލިއާގެއަކީ، ރައީސް މުއިއްޒުގެ ފަހުންވެސް އަންނާނެ ވެރިން ދިރިއުޅުއްވާނެ ގެކޮޅަށް ވާތީ އެތާގެ ހުރުމަތް މިފަދަ ގޮތަކަށް ނަގާލުމަކީ މި ދިވެހި ފަސްގަޑުގައި ކުރެވިގެންވާނެ ކަމެއްކަމުގައި ގަބޫލުކުރާނެ އެއްވެސް ދިވެހި ފަރުދަކު ނުހުންނާނެކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

މުލިއާގެއަކީ ރައީސް ނަޝީދުގެ އިތުރުން, ރައީސް ޔާމިންއާއި ރައީސް ސާލިހުވެސް ދިރިއުޅުއްވާފައިވާ ގެއެވެ. އެގޭގައި ރައީސް މައުމޫންވެސް ދިރިއުޅުއްވާފައިވެއެވެ. މިއިން އެއްވެސް ދައުރެއްގައި މުލިއާގޭގެ ހުރުމަތް ކަނޑާލާ, މިހާރު އެގޭގައި މި ހިނގާ ޒާތުގެ, އަމަލުތައް ހިންގާފައިވާކަމުގެ މައުލޫމާތު އެނގޭކަށް ނެތެވެ.

އެހެންނަމަވެސް, އިސްލާމް ދީނަސް ލޯބިކުރާ, ނަމާދުކޮށް ކޮށްކޮށް, ނިތްކުރީގައި "ކުރަ" ލާފައިވާ ވެރިއެއްގެ ވެރިކަމުގައި މިއަދު ފެންނަމުން މިދަނީ ދީނީ ސިޔާސަތު މެކުހަށް ޖަހާފައިވާ ތަނެވެ.

ޚުދު ވަލިއްޔުން އަމުރު ރިޝްވަތު ދީގެން, ހަރާމް ފައިސާއިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގަންނަނީއެވެ. ވަލިއްޔުލް އަމުރުގެ ތިމާގެ އައުލާދުން ރިޔާސީ ގަނޑުވަރު ތެރޭގައި ކޮޓަރިއަށް އަންހެން ކުދިން ވެއްދިޔަސް ވަލިއްޔުލްއަމުރު ހުންނެވީ ވަރިހަމަ ކުރައްވައިގެންނެވެ. ދެޖިންސުގެ ޒުވާނުން އެއްވެ, ޑީޖޭގެ ކުޅިވަރާއެކު އާއަހަރުގެ ފެށުން ފާހަގަކޮށް, އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތުކަމުގައި އެކަށައެޅިގެން ދިޔައީއެވެ. ކުރިސްމަސް ފާހަގަކުރުންވެސް ރިސޯޓުތަކާއި ގެސްޓު ހައުސްތަކުގައި ދިވެހީންނަށް, ހީލަތްތެރި ގޮތެއްގައި މިސަރުކާރުން މިހާރުވަނީ ހުއްދަކޮށްފައެވެ.

ހަގީގަތުގައިވެސް މުއިއްޒުގެ ދީނީ ސިޔާސަތު މިވަނީ މެކުހަށް ޖަހާފައެވެ.