ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރޭ ތިން އަތޮޅަކަށް އޮރެންޖު އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އޮރެންޖް އެލާޓް ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ހަވީރު 5:30 އާ ހަޔަމަށް މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ އެވެ.
ނަމަވެސް ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހި، މާލެ އާއި ހުޅުމާލެ ފެނުގެ އަޑިއަށް ގޮސް، ކ. ގުރާދޫގެ 20 ގެއަކަށް ފެންވަދެ، 3 ގެއެއްގެ މީހުން އެހެން ތަންތަނަށް ބަދަލުވެ، އަދި ވިއްސާރައިގެ ސަަބަބުން ވެލާނާ އެއާޕޯޓުގައިވެސް ފެންބޮޑުވެ ގިނަ އަދަދެއްގެ ފްލައިޓުތައް ވަނީ ޑިލޭވިފަހުން، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް އިން ލަފާކޮށް އޮރެންޖް އެލާރޓް ނެރެފިއެވެ. މި ސަރުކާރު އައުމުގެ ކުރިން މޫސުން ކުރިއަށް ލަފާކުރާއިރު، ލަފާކުރަނީ ވިއްސާރަވެ ނިމޭފަހުންނެއް ނޫނެވެ. މިފަހުން އިންޑޮނޭޝިއާއަށް އައި ބިންހެލުމެއްގެ ވާހަކަވެސް، މެޓުން ގެނެސްފައިވަނީ ދުނިޔެއާއި، ރާއްޖޭގެ ހުރިހާ ހަބަރަކުން އެވާހަކަ ގެނައިތާ އެތައް އިރެއް ފަހުންނެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ކުރަމުންނެވެ. މޫސުން ދައްކާ ގޮތުން މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުންް ބުންޏެވެ.