ޚަބަރު

1 ޖެނުއަރީ ގައި މުސާރަ ބޮޑުކުރަން ކެމްޕެއިނުގައި ވީ ވައުދާއި ޚިލާފުވެ، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ނުކުރުމަށް މުއިއްޒު ނިންމަވައިފި

ދިޔަވަރު
1 ޖެނުއަރީ ގައި މުސާރަ ބޮޑުކުރަން ކެމްޕެއިނުގައި ވީ ވައުދާއި ޚިލާފުވެ، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ނުކުރުމަށް މުއިއްޒު ނިންމަވައިފި

1 ޖެނުއަރީ 2024 އިން ފެށިގެން، ސަރުކާރުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ މުސާރަ ބޮޑުކުރުމަށް، ރައީސް ސޯލިހް ވި ވައުދާއި އެއްގޮތަށް، މުއިއްޒު ވަނީ މުސާރަ ބޮޑު ކޮށްދޭނެ ކަމުގެ ޔަގީންކަން ކެމްޕެއިން ތެރޭގައި ރައްޔިތުންނަށް ދީފައެވެ. ރައީސް ސޯލިހް ވިދާޅުވެފައިވަނީ ޖެނުއަރީ އެކަކުން ފެށިގެން 44،200 އަށް ވުރެ ގިނަ މުއައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލު ގެންނާނެ ކަމަށެވެ.

މިކަމަށްޓަކައި އެމްޑީޕީގެ މެޖޯރިޓި އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ، ސިވިލް ސާވިސްގެ ހުރިހާ މުއައްޒަފުންނަށް މުސާރަ ބޮޑު ކޮށްދިނުމަށްޓަކައި 500 މިލިއަން ރުފިޔާ މިއަހަރަށް ބަޖެޓް ކޮށް ދީފައެވެ. ނަމަވެސް މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކުރާކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ދިޔަވަރަށް މައުލޫމާތު ދެއްވި ފަރާތުން ކިޔައި ދެއްވިއެވެ.

އެންމެ އާދައިގެ ސިވިލް ސާވެންޓަށްވެސް، ކުޑަ ވެގެން %40 އިތުރު ކުރާނެ ކަމަށް ރައީސް ސޯލިހް ވައުދުވެ ވަޑައިގެންނެވިއެވެ. މިސާލު ދެއްވަމުން، އެމްއެންޑިއެފްގެ ސްޓާފް ސާޖެންޓެއްގެ މުސާރައަށް މިހާރު ލިބެނީ 20،00ރ ކަމަށާއި، މި ބަދަލާއި އެކު އެއިން ކޮންމެ މުއައްޒަފަކަށް 28،000ރ ލިބޭނެ ކަމަށް ރައީސް ސޯލިހް ވައުދުވެ ވަޑައިގަތުމުން، ދެވަނަ ބުރުގައި އެވައުދު ދަމަހައްޓާނެ ކަމަށް މުއިއްޒު ވަނީ، ކެމްޕެއިން ތެރޭ ވިދާޅު ވެފައެވެ.

މުސާރަ ބޮޑު ކުރުމަށް ބަޖެޓް ކުރެވިފައިވާ 500 މިލިއަން ރުފިޔާ މިހާރު މުއިއްޒު ވަނީ، ޗައިނާ އަށާއި އަދި ބޭރަށް ކުރާ އެފަދަ އެހެނިހެން ދަތުރު ތަކަށް ބޭނުން ކުރުމަށް ބަޖެޓުން އެފައިސާ، ދަތުރު ފަތުރުގެ ކޯޑަށް ބަދަލު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިކަމަށް މައުލޫމާތު ލިބެއެވެ.