ޚަބަރު

ޑިސެމްބަރު މަހު 2 މިލިއަނަށް ވުރެ ގިނަ ފަހަރު ދިޔަވަރު.ކޮމް އަށް ހަބަރު ކިޔުމަށް މީހުން ވަދެއްޖެ!

ދިޔަވަރު
ޑިސެމްބަރު މަހު 2 މިލިއަނަށް ވުރެ ގިނަ ފަހަރު ދިޔަވަރު.ކޮމް އަށް ހަބަރު ކިޔުމަށް މީހުން ވަދެއްޖެ!

ރައީސް މުއިއްޒުގެ އެންގުމުގެ މަތިން، ދިޔަވަރު ވެބްސައިޓް ބްލޮކް ކޮށްފައި ވަނިކޮށް، ހަބަރު ކިޔުމަށް ޑިސެމްބަރު މަހު 2 މިލިއަން ފަހަރު މީހުން ވަދެފިއެވެ. ދިޔަވަރު ބްލޮކް ކުރުން ވެގެން ދިޔައީ ނޫހަށް އިތުރަށް ލިބުނު ސަމާލު ކަމަކަށެވެ. އަދި ވަންނަ މީހުން އިތުރު ވެގެން ދިޔަ ކަމަކަށެވެ.

ދިޔަވަރު ނޫހުން ދޮގު މައުލޫމާތު ގެނެސްދޭ ކަމަށް ތުހުމަތުކޮށް، މުއިއްޒު ވަނީ، ހުތުބާއިން ފެށިގެން، އެ މަނިކުފާނުގެ އާ އަހަރުގެ މެސެޖުގައިވެސް، ދޮގު ވާހަކަ ގަބޫލު ނުކުރުމަށް އެދި ވަޑައިގެންފައެވެ. އިސްލާމީ ދައުލަތެއްގެ ވެރިކަމަށް މުއިއްޒު ވަޑައިގަތީ، ދޮގު ހަދައި، މަކަރު ވެރި ރޭވުން ތަކެއްގެ ތެރެއިން ކަމަށް ވާތީ، ރާއްޖޭގެ ގިނަ ބަޔަކު، މުއިއްޒުގެ ވެރިކަމުގެ ޤާނޫނީ ސައްޙަ ކަމެއް ނެތް ކަމަށް ދަނީ ހާމަ ކުރަމުންނެވެ. މަކަރާއި ހީލަތުން ރައްޔިތުން އަތުން ފޭރޭ ތަކެއްޗަކީ ހައްޤު ތަކެއްޗެއް ނޫން ކަމަށް ޤައުމުގެ ގިނަބަޔަކު ދެކެއެވެ.

2,437,568 ފަހަރު ހަބަރު ކިޔުމަށް ދިޔަވަރަށް މީހުން ވަދެފައިވާ އިރު، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ ބަޔަކު، ރާއްޖޭގައި ނޫހަކަށް ވަން ފުރަތަމަ ފަހަރަށް ވުމަކީ އެކަށީގެން ވާ ކަމެކެވެ. މިކަމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިޔަވަރު ޕްރޮމޯޓް ކޮށްދިނުމަށް ކޮށްދެއްވި އިހްލާސްތެރި މަސައްކަތަށް ޝުކުރު އަދާ ކުރަމެވެ.