ޚަބަރު

މުހައްމަދު ޝާހިދު އަށް ރިޝްވަތުގެ ފައިސާ ދީގެން ނޫނީ ސަރުކާރު އެއްވެސް ޕްރޮޖެކްޓެއްގައި ސޮއެ ނުކުރެވޭ ގޮތް ހަދައިފި! މުއިއްޒުގެ ކޮރަޕްޝަންގެ ނެޓްވޯކް!

ދިޔަވަރު
މުހައްމަދު ޝާހިދު އަށް ރިޝްވަތުގެ ފައިސާ ދީގެން ނޫނީ ސަރުކާރު އެއްވެސް ޕްރޮޖެކްޓެއްގައި ސޮއެ ނުކުރެވޭ ގޮތް ހަދައިފި! މުއިއްޒުގެ ކޮރަޕްޝަންގެ ނެޓްވޯކް!

ރައީސް އޮފީހުގެ ޕްރިންސިޕްލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމެންޓް މަގާމުގައި ހުންނެވި މުހައްމަދު ޝާހިދު އަށް ފައިސާގެ ގޮތުގައި ރިޝްވަތު ނުދެނީސް އެއްވެސް ޕްރޮޖެކްޓެއްގައި ސޮއި ނުކުރުމަށް މިނިސްޓްރީތަކަށް އަންގައިފިއެވެ. މުހައްމަދު ޝާހިދު އަކީ މުއިއްޒުގެ ވަރަށް އަރިސް ފަރާތެކެވެ. އަދި މުއިއްޒަށް ކޮރަޕްޝަންގެ ނެޓްވޯކެއް އަޅައިދީ، މުއިއްޒު މަޖިލީސް އިންތިހާބަށް ފައިސާ ބޭނުންވާ ކަމަސް ބުނެ އެތައް މިލިއަން ފައިސާއެއް، ކޮންސްޓްރަކްޝަން ކުންފުނިތަކުން މީނާ ދަނީ ނަގަމުންނެވެ.

މި ގޮތުން އެތައް މިނިސްޓްރީއެއްގައި ސޮއެ ނުކޮށް، ނުވަތަ ސޮއެ ކުރުމަށް ފަހު ނުފަށައި ޕްރޮޖެކްޓްތައް ކުރިއަށް ނުގެންގޮސް ބަހައްޓާފައި ވަނީ، ސީދާ މުއިއްޒުގެ އެންގުމުގެ މަތިން، ސަރުކާރުން މުހައްމަދު ޝާހިދު މެދުވެރިކޮށް ރިޝްވަތު ނެގުމަށް ކަމަށް ދިޔަވަރު ނޫހަށް ޕީއެންސީގެ އިސް ފަރާތަކުން މައުލޫމާތު ދެއެވެ.

މުއިއްޒު އަތަށް ސީދާ ފައިސާ އަރާހެން މުހައްމަދު ޝާހިދު މެދުވެރިކޮށް މިހިންގާ ކޮރަޕްޝަނުން އެތައް ކުންފުންޏަކަށް ދަނީ ފޫނުބެދޭ ވަރުގެ ގެއްލުން ތަކެއް ލިބެމުން ކަމަށް، މުހައްމަދު ޝާހިދު އަށް ފައިސާ ދޭން މަޖުބޫރު ވެގެން، ފައިސާ ދީފައިވާ ކުންފުންޏަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދިނެވެ.

ފިނޭންސް މިނިސްޓްރީ އިން ޕްރޮޖެކްޓްތައް އެވޯޑް ކުރުމުން، އެއްބަސްވުން ތަކުގައި ސޮއެ ކުރަނީ، އެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ މިނިސްޓްރީއިންނެވެ. ރިޝްވަރުގެ ކަޅު ފައިސާ ނުދޭ ކުންފުނިތަކަށް ޕްރޮޖެކްޓް ސޮއެކުރުމުގެ ފުރުޞަތު ނުދީ މުއިއްޒު ދަނީ 19 މިނިސްޓްރީ އެއް މެދުވެރިކޮށް ޕްރޮޖެކްޓްތައް ދަނީ ހިފަހައްޓަމުންނެވެ. މަޖިލިސް އިންތިހާބަށް ލާރި ހޯދުމުގެ ނަމުގައި މިގޮތަށް ރިޝްވަރުގެ ފައިސާ ނެގުމަށް އަންގާފައި ވަނީ ސީދާ މުއިއްޒެވެ.

މުހައްމަދު ޝާހިދަށް ރިޝްވަތު ދީގެން ނޫނީ ޕްރޮޖެކްޓް ނުދޭ މައްސަލަ، މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ވެސް ގެނެސްފައެވެ.