ޚަބަރު

އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރުމަށް، ރައީސް މުއިއްޒަށް އެދުނުތާ މާދަމާއަށް 50 ދުވަސް! ފަލަތީނު އަހުންނާއި މެދު ރަހުމެއް ހަމްދަރުދީއެއް ނެތް! 

ދިޔަވަރު
އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރުމަށް، ރައީސް މުއިއްޒަށް އެދުނުތާ މާދަމާއަށް 50 ދުވަސް! ފަލަތީނު އަހުންނާއި މެދު ރަހުމެއް ހަމްދަރުދީއެއް ނެތް! 

އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރުމަށް، ރައީސް މުއިއްޒުގެ އަރިހުން މަޖިލީހުން އެދުނުތާ މާދަމާއަށް 50 ދުވަސް ވާނެއެވެ. ނަމަވެސް ފަލަތީނު އަހުންނާއި މެދު ރަހުމެއް ހަމްދަރުދީއެއް މި ސަރުކާރުގެ ރައީސް އަށް ހުންނެވި މުއިއްޒުގެ ހިތުގައި ނެތެވެ. ނޫސްވެރިން މިކަމާއި ގުޅިގެން ސުވާލު ކުރުމުން މުއިއްޒު ވަނީ އެއީ އޭނާ އަށް ޤާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް ނޫން ކަމަށް ބުނެ، ކަނޑައެޅިގެން ރައްޔިތުންނަށް ދޮގު ހަދާފައެވެ. އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

މިހާތަނަށް ފަލަސްތީނުގައި 20،000 އާއި ގާތް ކުރާ މިންވަރަކަށް އާންމު ރައްޔިތުން ވަނީ އިޒްރޭލުން ޝަހީދު ކޮށްލާފައެވެ. އަދި ދެފަހަރެއްގެ މަތިން އިޒްރޭލުން ވަނީ އެ މީހުންގެ ރައްޔިތުން ރާއްޖެ ނުދިއުމަށް އަންގާފައެވެ.

ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަށް ސަރުކާރުން ބިރުން އުޅެނީ އެމެރިކާއިން އިންޒާރު ދިނުމާއި ގުޅިގެންނެވެ. އިޒްރޭލް ޕާސްޕޯޓް ބްލޮކް ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށް އެކަން ކޮށްދިނުމަށް މުއިއްޒަށް އެންގުމުން، އެމެރިކާއިން މުއިއްޒަށް އިޒްރޭލާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް އެންގިއެވެ.

ރައީސް މުއިއްޒު ސަރުކާރު އައުމަށް ފަހު އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލަށް ގަތުލުއާންމު ނުވަތަ އެއީ ޖެނަސައިޑެއް ކަމަށް ބުނުން ވަނީ ހުއްޓާލާފައެވެ. ކުރީ ސަރުކާރުން، އިޒްރޭލުން ހިންގާ ގަތުލުއާންމު އެއީ ޖެނަސައިޑް ނުވަތަ ގަތުލު އާންމެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި ސަރުކާރުން ދަނީ އިޒްރޭލާއި މެދު އެފަދައިން މުހާތަބު ނުކުރަން އެމެރިކާގެ ނިވްޔޯކުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަންގާފައެވެ.