ޚަބަރު

ނަމާދު ވަގުތާއި ދިމާކޮށް މިއަދު އާޒިމާގެ ޚާއްސަ ޕްރެސް ކޮންފަރެންސެއް

ދިޔަވަރު
ނަމާދު ވަގުތާއި ދިމާކޮށް މިއަދު އާޒިމާގެ ޚާއްސަ ޕްރެސް ކޮންފަރެންސެއް

އިސްލާމިކް ބޭންކަށާއި އަމިއްލަ ކުންފުންޏަކަށް ލޯނު ނުދައްކައިގެން, ކޯޓުން ހުމް ކޮށްފައިވާ, މާލޭގެ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ އާޒިމާގެ ވަރަށް ޚާއްސަ ޕްރެސް ކޮންފަރެންސެއް މިއަދުގެ ދެނަމާދު ދޭތެރެއާއި ދިމާވާގޮތަށް ޝެޑިއުލް ކޮށްފިއެވެ.

އާޒިމާގެ ކެމްޕޭނުން މީޑިއާތަކާއި ހިއްސާކުރި މެސެޖުގައިވާގޮތުން މި ޕްރެސް ކޮންފަރެންސް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އިރު އޮއްސި 6:30 ގައެވެ. 6:30 ވާއިރު އެގަޑިއާއި ހަމައަށް މައުރިބް ނަމާދުގެ ޖަމާއަތް ނުނިމޭނެއެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެހެން ހުރިހާ ކެނޑިޑޭޓުންގެ ކެމްޕޭން އިވެންޓުތަކާއި ޕްރެސް ކޮންފަރެންސްތައް އިންތިޒާމް ކުރަމުންދަނީ ނަމާދު ވަގުތުތަކާއި ދިމާ ނުވާގޮތަށެވެ. އަދި އަމުދުން ދެނަމާދު ދޭތެރެއަށް އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕޭނާ ގުޅުންހުރި އެއްވެސް އިވެންޓެއް ތާވަލް ނުކުރާކަންވެސް ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް ނަމާދު ވަގުތާއި ދިމާކޮށް އާޒިމާގެ ކެމްޕޭން އިވެންޓުތައް ޝެޑިއުލް ކުރަމުންދާ ސަބަބެއް ސާފުވެފައެއް ނުވެއެވެ.

ނަމާދު ވަގުތަށް އިހުތިރާމް ކުރުމެއްނެތި މިއަދި ޕްރެސް ކޮންފަރެންސެއް އާޒިމާ ބާއްވާއިރު, އިސްލާމިކް ބޭންކުން ނަގާފައި ލޯނެއް ނުދައްކައިގެން ކޯޓުންވަނީ ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ބޭންކަށް ފައިސާ ދެއްކުމަށް ހުކުމް ކޮށްފައެވެ.

އަދި އޭގެ އިތުރުން އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި ކުންފުނިން އޭނާއަށް ލޯނެއްގެ ގޮތުގައި ދީފައިވާ 1.96 މިލިއަން ރުފިޔާ ނުދައްކައިގެން އެކުންފުނިންވެސް ވަނީ އާޒިމާގެ މައްޗަށް ދައުވާ އުފުލާފައެވެ.