ޚަބަރު

އެއް އަހަރު ފަހުން އެތައް މުއައްޒަފުންނެއް ވަކިކޮށް، އެތައް ބައެއްގެ މުސާރަ ކުޑަކުރުމަށް ނިންމައި، އާބަންކޯގެ ބައެއް ސިޓީ ކައުންސިލަށް ދީފި!

ދިޔަވަރު
އެއް އަހަރު ފަހުން އެތައް މުއައްޒަފުންނެއް ވަކިކޮށް، އެތައް ބައެއްގެ މުސާރަ ކުޑަކުރުމަށް ނިންމައި، އާބަންކޯގެ ބައެއް ސިޓީ ކައުންސިލަށް ދީފި!

އެއް އަހަރު ފަހުން އެތައް މުއައްޒަފުންނެއް ވަކިކޮށް، އެތައް ބައެއްގެ މުސާރަ ކުޑަކުރުމަށް ނިންމައި، އާބަންކޯގެ ބައެއް ސިޓީ ކައުންސިލަށް ދީފިއެވެ. މުއައްޒަފުންގެ މުސާރަ ހުރި ވަރުގައި ދެވޭނީ އެއް އަހަރަށް ކަމަށް ބުނެ މުއިއްޒު ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. ނަމަވެސް، މިގޮތަށް މުއައްޒަފުންގެ މުސާރައާއި، މުއައްޒަފުންގެ ވަޒީފާއާއި މެދު ގޮތް ނިންމުމުގެ އިޚްތިޔާރެއް ސަރުކާރަކަށް ނުވެއެވެ. އެކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލް އިންތިހާބު ޕީއެންސީއަށް ލިބިއްޖެ ނަމައެވެ.

https://twitter.com/MMuizzu/status/1741482505323381000?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1741482505323381000%7Ctwgr%5Ec8fa20c0ff8e53d9f053bd2b3115965b58fa75b3%7Ctwcon%5Es1_&ref_url=https%3A%2F%2Fhurihaa.mv%2F26966%3Futm_source%3Ddlvr.itutm_medium%3Dtwitter
މިހާރު ދޭ މުސާރަ ދެވޭނީ އެއް އަހަރަށް ކަމަށް ބުނެ މުއިއްޒު ކުރެއްވި ޓްވީޓް

މިއަދު ވަނީ އާބަންކޯގެ މުނިސިޕަލް މަސައްކަތް މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމުގެ އެމްއޯޔޫގައި ސޮއި ކުރައްވާފައެވެ. މި ބައްދަލު ވުމުގައި ރާއްޖޭގެ އެޓޯލް މިނިސްޓަރ އާދަން ޝަރީފް ވެސް ބައިވެރިވެ ވަޑައިގަތެވެ.

އާބަންކޯ އިން ދިޔަވަރަށް މައުލޫމާތު ދިން ގޮތުގައި މިގޮތަށް، މުއައްޒަފުން ވަކިކޮށް، ބައެއް މުއައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމީ ޕީއެންސީ ނޫން އެހެން ޕާޓީ ތަކުގެ ގިނަ ބަޔަކު، އާބަންކޯގައި ތިބުމާއި ގުޅިގެންނެވެ. އަދި ސިޓީ ކައުންސިލަށް އެމީހުން ބަދަލު ކޮށް، އަހަރެއްހާ ދުވަސް ފަހުން، މުސާރަ ބަދަލު ކޮށް، ނުވަތަ މަގާމުން ވަކި ކުރުމުން އެހެނިހެން ޕާޓީ ތަކަށް ނިސްބަތްވާ އާންމު ރައްޔިތުން ވަކިކޮށް، ޕީއެންސީ މީހުންނަށް އެ ފުރުޞަތު ދެވޭނެއެވެ.

މުއީއްޒު، ސިޓީ ކައުންސިލް ހިންގާފައި ވަނީ، ގިނަ އަދަދެއްގެ ޕީއެންސީ މީހުންނަށް ވަޒީފާ ދީގެންނެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް މި ސަރުކާރުން މުއިއްޒު ވަނީ ވަޒީފާ ހަމަޖައްސައި ދީފައެވެ.

މީހެއްގެ ފިކުރާއި، ކުލައަށް ބަލައި، އެމީހަކާއި މެދު ތަފާތުކުރުން ބެހެއްޓުމަކީ ޤާނޫނީ ބޮޑު ކުށެކެވެ. ނަމަވެސް އެއީ ބައެއް އަނިޔާވެރި ވެރިން ވެރިކަން ކުރަން ބޭނުންވާ ގޮތެވެ.