ޚަބަރު

ދެހަފްތާ ތެރޭ ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް ދެދުވަސް ކުރިން ބުނުމަށްފަހު، ރަޖިސްޓްރީ ދޭނީ ތަހުގީގު ނިމުމުން ކަމަށް މިއަދު ބުނެފި! "މިއީ މުއިއްޒާއި އޭސީސީއާއި، ހައިދަރު ވަކި ބަޔަކަށް ގޯއްޗާއި ފްލެޓް ދިނުމަށް ކުޅޭ ގޭމެއް!"

ދިޔަވަރު
ދެހަފްތާ ތެރޭ ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް ދެދުވަސް ކުރިން ބުނުމަށްފަހު، ރަޖިސްޓްރީ ދޭނީ ތަހުގީގު ނިމުމުން ކަމަށް މިއަދު ބުނެފި! "މިއީ މުއިއްޒާއި އޭސީސީއާއި، ހައިދަރު ވަކި ބަޔަކަށް ގޯއްޗާއި ފްލެޓް ދިނުމަށް ކުޅޭ ގޭމެއް!"

އަދި ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް، މި ދެ ހަފުތާގެ ތެރޭގައި އެ ތަންތަނުގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައި ވަނިކޮށް، އެ ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭން ފަށާނީ އޭސީސީގެ ތަހުގީގު ނިންމައި ވަކި ގޮތެއް އެންގުމުން ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ އޭސީސީގެ ތަހުގީގަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދިވެސް ތަހުގީގު ނުނިމޭތީ ފްލެޓް ލިއުން އަދި ދޫނުކުރެވޭނެ ކަމަށެވެ.

ރައްޔިތުން ގަބޫލު ކުރާ ގޮތުގައި މިއީ، މުއިއްޒާއި އޭސީސީއާއި، ހައުސިން މިނިސްޓަރު އެމީހުން ބޭނުންވާ ބަޔަކަށް ގޯއްޗާއި ފްލެޓް ދިނުމަށް ކުޅޭ ގޭމެއް ކަމަށް މިކަމުގައި ކަންބޮޑުވުން ފާޅު ކުރަމުން ފްލެޓްގެ ލިޔުން ނުލިބިގެން ކަންބޮޑުވެފައިވާ އާންމު ރައްޔިތަކު ކިޔައިދިނެވެ.

މިއީ މުއިއްޒު ބޭނުންވާ ވަކި ބަޔަކަށް ފްލެޓް ދިނުމަށް ރާވައިގެން ހިންގާ ކަމެއް ކަން ޔަގީން ވެފައިވާއިރު، ފްލެޓް ލިސްޓް ގޯސް އޭސީސީއިން ބުނާނެ ކަމުގެ ޔަގީން ކަން މިހާރު އޭސީސީއިން ވަނީ މުއިއްޒަށް ދީފައެވެ. މި މައުލޫމާތު ދިޔަވަރު ނޫހަށް ލިބިފައިވަނީ ހައުސިންގ މިނިސްޓްރީ ތެރެއިންނެވެ.

"އޭސީސީން ލިސްޓު ރިވިއުކުރަން އަންގައިފި ނަމަ، އެހެން ވިއްޔާ އެގޮތަށް އަމަލުކުރަން ޖެހޭނެ ދެއްތޯ." ހައިދަރު ރާއްޖެގެ ނޫހަކަށް މިއަދު ވިދާޅުވި އެވެ.

ހުޅުމާލޭގެ ބިންތައް މި ސަރުކާރުން އެއްވެސް ހަމައެއް ނެތި ބޭރު ކުންފުނިތަކަށް ދެމުންދާއިރު، މި ފްލެޓް ނުލިބޭ ފަރާތްތަކަށް ހުޅުމާލެއިން ފަހުން ފްލެޓް ލިބުމުގެ އެއްވެސް އުންމީދެއް ނެތެވެ.