ފުރަތަމަ އެއް މަސް ދިޔައީ، ގެއްލުނު ކަނޑު ހޯދުމަށް ބަންޑާރަ ނައިބު ދިރާސާ ކުރުމުގައެވެ. ބަންޑާރަނައިބަށް ގެއްލިފައި ކަނޑެއް ނެތްކަން ސާބިތުވެ، އެވާހަކަ ރައީސް މުއިއްޒަށް އެރުވުމުން އެކަން ރައްޔިތުންނަށް ސިއްރުކުރިއެވެ. އަދި ބަޖެޓުގައި ބޮޑު އަދަދެއް ޖަހައި ކަނޑު ހޯދުމަށް، އެކަމާއި އެއްވެސް ގުޅުމެއް ނެތް ކޮމިޓީއެއް އެކުލަވާލިއެވެ. ނަމަވެސް މި ކޮމިޓީއިން ހޯދުނު އެއްވެސް މައުލޫމާތެއް މިހާތަނަށް ރައްޔިތުންނާއި ހަމަ އަށް ގެނެސްފައެއް ނުވެއެވެ.
މި ހުރިހާ ސަކަރާތެއް ޖެހުމަށްފަހު، ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން ގެންގުޅުނީ ރަނގަޅު ސްޓޭންޑެއްތޯ ބެލުމަށް ބައިނަލް އަގުވާމީ ލަފާ ހޯދަން ބޭރުގެ އެކްސްޕާޓުންނާ ހަވާލުކޮށްފި ކަމަށް ސަރުކާރުން މިހާރު ދަނީ ބުނަމުންނެވެ.
ސަރުކާރާށް، ރައްޔިތުންނަށް ދޭނެ އެއްވެސް ޖަވާބެއް މިކަމުގައި ނެތި، ވަރަށް ބޮޑަށް ފަލީހަތް ވާނެކަން ކަށަވަރު ވުމުން ބޭރުން ބަޔަކު ކޮންސަލްޓް ކުރަން ގެނައުމަށް 100 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ، ވެރިކަމަށް މުއިއްޒު ހަދާފައިވާ ދޮގެއް ފޮރުވުމަށް ކުރާ އެންމެ ބޮޑު ހޭދައެވެ. މިކަން ސަރުކާރުން ހުއްޓާލައި ރައްޔިތުންގެ ކިބައިން މުއިއްޒު މާފަށް އެދެން ޖެހެއެވެ. މުއިއްޒު ތި ވިއްކަން އުޅޭ ދޮގު ޤަބޫލު ކުރާނެ ރައްޔިތަކު މިއަދު މިފަސްގަޑުގައި ނުވެއެވެ.