ޚަބަރު

މީޑިއާތަކަށް ބިރު ދައްކަން, އާޒިމާ އެންމެ ފަހުން ނޫސްވެރިން ގޮވައިގެން ކޯޓަށް!

ދިޔަވަރު
މީޑިއާތަކަށް ބިރު ދައްކަން, އާޒިމާ އެންމެ ފަހުން ނޫސްވެރިން ގޮވައިގެން ކޯޓަށް!

ކަށަަވަރު ނުކޮށް އަބުރު ގެއްލޭގޮތަށް ޚަބަރު ޝާއިރުކުރި ކަމަށް ބުނެ, "ދައުރު" ނޫހުގެ ނޫސްވެރިން ގޮވައިގެން ކޯޓަށް ދާނެކަމަށް ވިދާޅުވެ, ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ, ލޯނު ނުދައްކައިގެން ކޯޓުން ހުކުމް ކޮށްފައިވާ އާޒިމާ ޝަކޫރު ނޫސްތަކަށް އިންޒާރު ދީފިއެވެ.

ދައުރު ނޫހުގައި ލިޔެފައިވާ ގޮތުން އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި ކުންފުނިން އޭނާއަށް ލޯނެއްގެ ގޮތުގައި ދީފައިވާ 1.96 މިލިއަން ރުފިޔާ ނުދައްކައިގެން އެކުންފުނިން ވަނީ އާޒިމާގެ މައްޗަށް ދައުވާ އުފުލާފައެވެ.

ދައުރު ނޫހުގައި ޝާޢިއުކުރި މިޚަބަރަކާއި ގުޅޭގޮތުން އާޒިމާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ނޫހުން އެ ޚަބަރު ލިޔެފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި، ޚަބަރު ލިޔެފައިވަނީ އެއްފަރާތަށް ބުރަވެ ކަމަށެވެ.

މީގަ އޮންނާނީ ދެގޮތުންކުރެ އެއްގޮތެއް. އަޅުޑުގެ ވަކީލުން މިހާރު ލިޔުއްވައިފިއޭ ސިވިލް ކޯޓަށް، މިކަން އޮތްގޮތެއް ސާފުކުރަން. ސާފުކުރާއިރުގަ، އަޅުގަޑަށް އޮތް ގާނުނީ ހައްގުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް ދައުރު ނޫހާއި ދޭތެރޭ އަޅުގަޑު އަޅާނަމޭ. އެއީ އަޅުގަޑުގެ އަސާސީ ހައްގެކޭ.

ނޫސްތަކަށް އިންޒާރު ދެމުން އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، އޭނާއާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ދައުރު ނޫހުގެ ނޫސްވެރިޔާ އޭނާއަށް ގުޅުމުން ވަކީލުންނަށް ގުޅުމަށް ބުނި ކަމަށާއި، އެހެންނަމަވެސް މައުލޫމާތު ސާފުކުރުމަށް ވަގުތުކޮޅެއް ދިނުމަށް އެދިފަ ވަކީލު އޭނާއަށް ގުޅިކަމަށެވެ. އަދި ވަކީލު ގުލާފަ، ފޯނު ބާއްވާފަ ދެން ބެލިއިރު އޮތީ އާޓިކަލް ޖަހާފަ ކަމުގައެވެ.

އޮންލައިން ނޫސް "ދައުރު"ގައި މިއަދު ލިޔެފައިވަނީ އާޒިމާއާއި ދެކޮޅަށް އަމިއްލަ ކުންފުނިން ކޮށްފައިވާ ދައުވާގެ މައްސަލައިގެ ހުކުމް ކުރަން ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މިހާތަނަށް ބޭއްވި އަޑުއެހުންތަކަށް ވެސް އާޒިމާ ކޯޓަށް ހާޒިރުވެފައެއް ނުވާކަމަށްވެސް ނޫހުގައި ލިޔެފައި ވެއެވެ.

އާޒިމާ އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 4 މިލިއަން ރުފިޔާގެ ލޯނު ނުދައްކައިގެން ކޯޓުން ވަނީ ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭ އެފައިސާ ބޭންކަށް ދެއްކުމަށް ހުކުމް ކޮށްފައެވެ.

ނޫހަކުން ލިޔުނު ޚަބަރަކާއި ގުޅިގެން އާޒިމާ އެ ނޫހުގެ ނޫސްވެރިޔާ ގޮވައިގެން ކޯޓަށް ދާނެކަމުގެ ވިދާޅުވެ ބިރު ދެއްކީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ދައްކާ, އަދި އާޒިމާގެ މައްޗަށް ފެންމަތިވަމުންދާ ޚިޔާނާތުގެ ވާހަކަތައް ލިޔާ ނޫސްތަކަށް ބިރުދެއްކުމަށް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ޚިޔާނާތުގެ އެތައް ތުހުމަތެއް ފެންމަތިވަމުންދާ ބޭފުޅަކު މާލޭގެ މޭޔަރުކަމަށް ކުރިމަތިލައިގެން ކެމްޕޭން ކުރަމުންދާތީ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.