ޚަބަރު

ދޮގު ހަދައިގެން އިންޑިޔާއާއި މެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ހިންގާ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ކެމްޕެއިނުގެ ސަބަބުން، އިންޑިޔާ ރައްޔިތުން ނުރުހުންވެ، ރާއްޖޭއަށް ޗުއްޓީއަށް ނުދިޔުމަށް ގޮވާލަން ފަށައިފި!

ދިޔަވަރު
ދޮގު ހަދައިގެން އިންޑިޔާއާއި މެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ހިންގާ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ކެމްޕެއިނުގެ ސަބަބުން، އިންޑިޔާ ރައްޔިތުން ނުރުހުންވެ، ރާއްޖޭއަށް ޗުއްޓީއަށް ނުދިޔުމަށް ގޮވާލަން ފަށައިފި!

13 މެމްބަރުންނަށް ރިޝްވަތު ދީގެން ޕީއެންސީ އަށް ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި، އިންޑިޔާ އެމްބަސަޑަރ މަޖިލީސް ރައީސް އާއި ބައްދަލު ކުރި ކަމަށް ބުނެ މުއިއްޒު ދެއްކި ވާހަކަ އަކީ، ދޮގު ހަދައި އޮޅުވާލައިގެން އިންޑިޔާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގާ ކެމްޕެއިނުގެ އެންމެ ފަހުގެ ސިލްސިލާ ހަމަލާއެވެ. މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގެ ލީޑަރަކު، ޑިޕްލޮމެޓިކް މިޝަން އެއްގެ ހުންނަ އެމްބަސަޑަރ އަކާއި މެދު ކުރާނެ ފަދަ ތުހުމަތެއްވެސް ނޫނެވެ. ދައްކާނެ ކަހަލަ ވާހަކަ އެއްވެސް ނޫނެވެ. މުޅި ދިވެހި ޤައުމާއި ދައުލަތުގެ އަގު މުއިއްޒު އެރޭ މުޅި ދުނިޔޭގެ ކުރިމަތީ ނަގާލިއެވެ. ރައްޔިތުން ތެރޭ ރޯފިލާފައިތިބިހާ ބަޔަކު ތިބީ ލަދުން ލޯހުޅުވާލަން ނުކެރިފައެވެ. މިފަދަ ކޮސް ގޮވާ، ޑިޕްލޮމަސީ ނުދަންނަ، އަނގަހުތުރު މީހަކު ރާއްޖޭގެ ވެރިކަމަކަށް އަދި ނާދެއެވެ. ބާޒާރު މަތީ ދަމާކަނޑާ އުޅޭ މީހެއް ހެން އެރޭ ވެސް އިންޑިޔާއަށް އިންޒާރުދީ މީނާ އުޅުނު ހުތުރުގޮތް ފެނުނު މީހުން ތިބީ އަޖައިބުވެ އަންތަރީސް ވެފައެވެ.

ވެރިކަމަށް އައުމަށް ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ، ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއް އިންޑިޔާއާއި މެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ހިންގީ ވަރަށް ޒިންމާދާރުކަން ކުޑަ ކޮށެވެ. 1000 އެތައް އަހަރެއް ވަންދެން ގާތް އެކުވެރިކަމުގައި އޮތް ޤައުމެއް ރާއްޖެއާއި ދެކޮޅު ކޮށްލީ، ޗައިނާ ރުއްސުމަށެވެ. ކުޑަވެސް ލޯތްނެއް ކުލުނެއް ޤައުމާއި މެދު ނެތުމުންނެވެ.

އިންޑިޔާ ސިފައިން ރާއްޖެ ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގައި އާއި، ޔާމީނުގެ ވެރިކަމުގައެވެ. އިންޑިޔާގެ ހެލިކޮޕްޓަރަކާއި، މަތިންދާބޯޓެއް ޔާމީނުގެ ވެރިކަމުގައި ގެނެސް، އެކަމަށް ބޭނުންވާ މީހުން ގެންނަން ނިންމީ މުއިއްޒު އިން ކެބިނެޓުން ފާސްކޮށްގެންނެވެ. އެއިރު އިންޑިޔާ ކިތަންމެހާވެސް، ރަނގަޅެވެ. އިންޑިޔާ ގޯސްވީ، ވެރިކަން ބޭނުންވެގެން ދައްކާނެ އިތުރު ބަހަނާއެއް ނެތިގެން ރައްޔިތުންނަށް ޤައުމުގެ މިނިވަންކަން ނެތްކަމަށް ދައްކައި ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައުމަށް ބޭނުންވި ހިސާބުންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ މިވަގުތު އިންޑިޔާއިންނެވެ. މިއަދު އިންޑިޔާގެ ރައްޔިތުން އެ ގޮވަނީ ރާއްޖެ ނުދިޔުމަށެވެ. އިންޑިޔާ ނޫން އެހެން ޤައުމެއް ނަމަ، އެއްވެސް ކަމަކާއި ނުލައި ދޮގު ތުހުމަތުކޮށް ފަލީހަތް ކޮށްލުމުން އެޤައުމަކުން، ރާއްޖެ ދިޔުން މަނާ ކުރާނެއެވެ. ރާއްޖޭގައި އޮތް އިންޑިޔާގެ 2 ހެލިކޮޕްޓަރާއި، 1 ޑޯނިޔާ އާއި އެ ދުއްވާ މީހުން ރާއްޖެ ގެނައީ އިންޑިޔާ ބޭނުން ވެގެން ނޫނެވެ. ރާއްޖެއިން ކިޔައިގެން އާދޭސް ކޮށްގެންނެވެ. އެންމެ ބޮޑަށް އާދޭސް ކޮށްފައިވަނީ މުއިއްޒު އިންނެވި ޕީޕީއެމް ސަރުކާރުގެ ކެބިނެޓުންނެވެ. އެ ކެބިނެޓުގައި އިންނެވި ފޮރިންގ މިނިސްޓަރެވެ.

ދެގައުމެއްގެ ރައްޔިތުންގެ ދެމެދު އޮންނަ އެކުވެރިކަމަކީ މުހިންމު އެއްޗެކެވެ. ދޮގުހަދައިގެން ދިވެހިންގެ ތެރެއިން ބަޔަކު އިންޑިޔާއާއި މެދު ނަފްރަތު އުފެއްދި އިރު، އިންޑިޔާ ރައްޔިތުން ތިބީ އެ މަންޒަރު ބަލާށެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް އޮތީ ބަނަ ދުވަސްތަކެކެވެ. އެމްއެމްޕީއާރުސީ ހިންގަން ލާފައިވަނީ ޕީއެންސީ ތެރޭ ހުރި އެންމެން ދަންނަ ތުންފުއްސެކެވެ. ޓުއަރިޒަމް މިނިސްޓަރަކަށް ލާފައި ހުރީ، ގްރޭޑް 5ގެ ތައުލީމު ވެސް ނެތް މަރުމޯލެކެވެ. މި ސިނާއަތަށް އަތުވެދާނެ ލޮޅުމަކުން ޤައުމުގެ އިޤްތިޞާދަށް ކޮންމެފަދަ އަސަރެއްވެސް ކޮށްފާނެކަން ދަނެ ތިބެ، ރާއްޖޭގެ އިޤްތިޞާދުގެ ރަންބިސް އަޅާ ކުކުޅު މިދިނީ ތުންފުއްސަކަށާއި، ޑްރަގު ބޯން އުޅުނު ޕާޓޭއަކަށެވެ. ވެރިމީހާ ކިބާގައި، ޑިޕްލޮމެޓިކް އިލްމެއް ހިލްމެއް ނެތުމުން، އެންމެ ކައިރި އޮތް ޤައުމުގެ އެމްބަސަޑަރަށް ވަގަށް ގޮވޭއިރުވެސް ނޭނެގެއެވެ. މިވަރު ބަޔަކު ވެރިކަމުގައި ތިބެގެން ޤައުމަށް ވާނީ މިހާކަށް ވަރެވެ. އިންޑިޔާއިން ރާއްޖެއަށް ޓުއަރިސްޓުން ނުދިޔުމަށް ގޮވާނުލިއްޔާ ދެރައެވެ.