ޕީޕީއެމްގެ އެސްޖީގެ މަގާމުގައި ހުންނެވި ތޮލާލް، ސްޕޯޓްސް ކޮމިޝަނަރގެ މަގާމަށް ވަޒީރުންގެ ފެންވަރުގައި މުއިއްޒު އައްޔަން ކޮށްފައި ވަނިކޮށް، ޕީޕީއެމްގެ މަސައްކަތްތަކުގައި އެސްޖީގެ ރޯލް މިހާރުވެސް ތޮލާލް ފުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ދިޔަވަރު.ކޮމް އަށް ލިބިއްޖެއެވެ. އަދި އަދާކުރަމުންދާ ޕީޕީއެމް އެސްޖީގެ މަޤާމުގެ ވާޖިބުތަކާއި އެކު، އެ މަގާމުގެ މުސާރަވެސް ތޮލާލް ނަންގަވަމުން ދާކަމުގެ މައުލޫމާތު ލިބެއެވެ.
ދިޔަވަރު.ކޮމް އަށް ޕީއެންސީގެ އިސް ފަރާތެއް ފޯރުކޮށް ދީފައިވާ ވަޓްސްއެޕް ސްކްރީން ޝޮޓް ތަކުން، ފެންނަ ގޮތުގައި، ޕީޕީއެމް ވަޓްސްއެޕް ގްރޫޕެއްގައި އެސްޖީގެ ދައުރު އަދާ ކުރުމުގެ ގޮތުން، ގްރޫޕްތަކަށް އޭނާ ވަނީ މެސެޖް ފޮނުވައި، މުއިއްޒު ބައިވެރިވާ ހަފްލާތަކަށް ޕާޓީގެ މެމްބަރުން ވަޑައިގަތުން އެދި ދައުވަތް ފޮނުވާފައެވެ.
ކުޅިވަރުގެ ގާނޫނުގައި ވެސް އޮންނަ ގޮތުން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހާވާލުވާ މީހަކު ޕާޓީއެއްގެ ހިންގުމުގެ މަގާމެއްގައި އަދި ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ވެސް ނުހުރެވޭނެ އެވެ.
މިކަމާއި ގުޅިގެން ޤާނޫނީ ފިޔަވަޅެއް ތޮލާލާއި މެދު އެޅުމަށް އެއްބަޔަކު އެއްވެސް މަސައްކަތެއް ކުރާކަމެއް ދިޔަވަރު ނޫހަށް ވަނީ ސާފު ނުވެފައެވެ.

