ދިރާސީ އަހަރުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ސްކޫލުތަކުގައި އެސެމްބުލީ ބޭއްވުމަށް ސްކޫލަތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގައިފިއެވެ.
މިނިސްޓްރީގެ ފަރާތުން މިގޮތައް އަންގަވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހު އެ މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކަކަށް ފޮނުއްވި ސާރކިޔުލާއަކުންނެވެ.
މިނިސްޓަރީގެ އެ ސާކިޔުލާރގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަގު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ކޮންމެ ކުއްޖަކަށްވެސް ތަޢުލީމާއި ހުނަރާއި ދިވެހި ސިފަތައް އުނގަންނައި ދިނުމަކީ ޚާއްޞަ ސަމާލުކަމެއް ދީގެން ކުރަންޖެހޭނެކަމެއް ކަމަށާއި، އިސްލާމީ ސިފަތަކާއި ސްލޫކީ މިންގަނޑުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއި، ޤައުމިއްޔަތަށް ދަރިވަރުން އަހަމިއްޔަތުކޮށްދޭ މިންވަރު އިތުރުކުރުމުގެ ގޮތުން ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙް އާލާކޮށް ވަޠަން ދެކެ ލޯބިވާން ދަސްކޮށް ދިނުމަކީ މަންހަޖު ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މިއީ ވެރިކަމުގައި މުއިއްޒު އިތުރު 5 އަހަރު ހުރުމަށްޓަކައި، ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ޕްރޮޕަގަންޑާގައި ސްކޫލު ކުދިން ޖެއްސުމަށް ހިންގާ ހަރަކާތެކެވެ. މި ގޮތުން ދުނިޔޭގެ ތާރީޚުގައި ކަނައަތު ފިޔާގެ ސިޔާސީ ހަރަކާތްތަކުގައި ޗައިނާ ފަދަ ޤައުމުތަކުން ދަރިވަރުން ނުކުމެ ސަރުކާރާއި ޤައުމު ދެކެ އޮތް ލޯތްބަށްޓަކައި ކަމަށް ބުނެ، މައިން ބަފައިން ސަރުކާރަށް ތާޢީދު ނުކުރާނަމަ އެމީހުން މަރާފައި ވެއެވެ.
މިނިސްޓްރީގެ ސާރކިޔުލާގައި ވަނީ އެސެމްބުލީގައި ކޮންމެހެންވެސް ހިމަނަން ޖެހޭނެ 3 ކަމެއްވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ކޮންމެ އެސެމްބުލީ އެއްގައިވެސް ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔެވުމާއި ، ޤައުމީ ސަލާމް ކިޔުމަށް އަންގަފައިވާއިރު ސްކޫލުން ކަނޑައަޅާ ވަކި ދުވަސްތަކެއްގައި ސްކޫލުގެ ލަވަ ކިޔުމަށްވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން މުއިއްޒުގެ ޕްރޮޕެގަންޑާ ފެތުރުމަށް ހަފްތާއަކު ކޮންމެވެސް އެއްދުވަހަކު ޚާއްޞަ އެސެމްބުލީއެއްވެސް ބެއްވުމަށް މިނިސްޓަރީން ވަނީ ސްކޫލުތަކަށް އަންގާފައެވެ. މިގޮތައް ބޭއްވޭ ޚާއްޞަ އެސެމްބުލީގައި ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ކުދިންގެ ކިބައިގައި ހަރުލަންވަން ޖެހޭ ޤާބިލިއްޔަތު ތަކަށާއި، ދިވެހި ޤައުމިއްޔަތަށް އިސްކަން ދޭން ޖެހޭނެ ކަމަށް މިނިސްޓްރީގެ ސާކިޔުލާރ ގައި އަންގާފައިވެއެވެ.