ޚަބަރު

މުއިއްޒު އަންގައިގެން ރައީސް އޮފީހުގެ ވެބްސައިޓް އަމިއްލައަށް ލަދުން ޑައުން ކޮށްލައިފި

ދިޔަވަރު
މުއިއްޒު އަންގައިގެން ރައީސް އޮފީހުގެ ވެބްސައިޓް އަމިއްލައަށް ލަދުން ޑައުން ކޮށްލައިފި

އިންޑިޔާގެ ބޮޑުވަޒީރާއި އެ ޤައުމުގެ ވެރިންނާއި މެދު، ޒިންމާދާރު މަގާމެއްގައި ހުރެގެން ދައްކަން ނުވާފަދަ ހުތުުރު ބަސްތަކުން މުހާތަބު ކޮށް، އިންޑިޔާގެ ވެރިންނާއި މެދު ނަފްރަތު އުފެއްދުމަށް ގަސްތުގައި މުއިއްޒު ކުރި މަސައްކަތާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުން އެކަން ކޮށްފައި ވަނީ ކޮން ސްޓޭޓް މިނިސްޓަރުން ތަކެއްތޯ ބެލުމަށް ރައީސް އޮފީހަށް ވަންނަ މިންވަރު އިތުރުވެފައެވެ، މިކަމާއި ގުޅިގެން މުއިއްޒުގެ އެންގުމަށް ރައީސް އޮފީސްގެ ވެބްސައިޓް ޑައުން ކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ އިސް އޮފިޝަލެއްގެ ފަރާތުން ދިޔަވަރު.ކޮމް އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިހާރު https://presidency.gov.mv ފެންނަ ގޮތް

ރައީސް އޮފީހުގެ ވެބްސައިޓް ދެން އޮންލައިން ކުރާނީ، ޓްވިޓަރ ރާއްޖެއާއި ދެކޮޅަށް ހޫނުވެފައިވާ ޒުވާބުތައް ނިމުމުން ކަމަށް މައުލޫމާތު ލިބެއެވެ.

މިގޮތަށް ރައީސް އޮފީސް ވެބްސައިޓް ނުވަދެވޭ ގޮތް ހަދާފައި ވަނީ، ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓިންގެ ފޮޓޯތަކާއި މަގާމާއި، ތަފްސީލް ހުރުމުން، ޤައުމުތަކުން މި މީހުންނަކީ ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ބައެއް ކަމަށް ބަލައި، އެގައުމުތަކަށް ނުވަދެވޭހެން އަމަލު ކޮށްފާނެ ކަމަށް ބަލައިގެންނެވެ.

ސަރުކާރުގެ އިސް މުއައްޒަފުންނާއި، މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކޮށްފައި ތިބި ބައެއް ފަރާތްތަކުންނާއި، ބައެއް މިނިސްޓަރުން ގެންގުޅޭ ފޭކް އެކައުންޓްތަކުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުން ވަނީ އިންޑިޔާގެ ބޮޑުވަޒީރަށް އަހުލާގީ ގޮތުން ދަށުދަރަޖައަށް ވެއްޓި އެއްޗެހި ކިޔާފައެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ އެމީހުންގެ ޓްވީޓްތައް ޑިލީޓް ކޮށްލާފައެވެ. ނަމަވެސް އިންޑިޔާ ސަރުކާރަށް މި ހުރިހާ ޓްވީޓް ތަކެއް ވަނީ ފެނިފައެވެ. އަދި ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް މިކަމުގެ ސަބަބުން ދަނީ އިތުރަށް ނޭދެވޭ އަސަރު ކުރަމުންނެވެ.

ރާއްޖޭގެ ސްޓޭޓް މިނިސްޓަރެއް ކޮށްފައިވާ ޓްވީޓެއް

މުއިއްޒު ވަނީ ވެރިކަމަށް އަންނަން ވެގެން އިންޑިޔާ އިން އެއްވެސް ކަމެއް ނުކުރަނީސް، އިންޑިޔާ ބޮލުގައި ރާއްޖޭގެ މިނިވަންކަން ނަގާލަން އުޅޭ ކަމަށް ބުނެ، ދޮގު ތުހުމަތު އަޅުވައި، ރާއްޖޭގައި އިންޑިޔާގެ ހަތިޔާރު އެޅި އެތައްހާސް ސިފައިންގެ ފައިޖުތައް ތިބި ކަމަށް ބުނެ ރައްޔިތުންގެ މެދުގައި އިންޑިޔާއާއި މެދު ނަފްރަތު އުފައްދާފައެވެ. މި ގޮތުން މި އުފެއްދި ހައްދުފަހަނަ އެޅި ކަނައަތު ފިޔާގެ ސިޔާސީ ޤައުމިޔަތުގެ ޕްރޮޕަގަންޑާގައި ދިވެހިންގެ ތެރެއިން ބަޔަކު މީހުން ޖެހި، އިންޑިޔާއަކީ ގޯސް ބައެއް ކަމަށް ވިސްނި، އެމީހުން ވަނީ މުއިއްޒަށް ވަނީ ވޯޓު ދީފައެވެ.