ޚަބަރު

ސަރުކާރުގެ އިހުމާލުން، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން ޖެޓު ފިއުލް ހުސްވެ، ޔޫއޭއީގެ އިސްވެރިން ތަކަކަށް ނުފުރިފައި

ދިޔަވަރު
ސަރުކާރުގެ އިހުމާލުން، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން ޖެޓު ފިއުލް ހުސްވެ، ޔޫއޭއީގެ އިސްވެރިން ތަކަކަށް ނުފުރިފައި

މާފަރުން ޖެޓު ފިއުލް ހުސްވެ، އެ އެއާޕޯޓުގައި ތިބި ޔޫއޭއީގެ ޖެޓުތަކަކަށް ނުފުރި، އެގައުމުގެ އިސްވެރިންތަކެއް ތިބި ކަން ހާމަވެއްޖެއެވެ.

ޖެޓްތައް ނުފުރިފައިވާ މައްސަލާގައި، އެމްއޭސީއެލްގެ ކުރީގެ ބޯޑު މެންބަރު، މުޙައްމަދު ފިރާގް ވިދާޅުވީ މާފަރު އެއާޕޯޓުން ޖެޓުތަކަށް އަޅާ "ޖެޓު ފިއުލް" ހުސްވެފައިވާތާ ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ، އެންމެ ބާރުބޮޑު، ރާއްޖޭގެ ޕީކް ދުވަސްވަރަށް ވެފައި މި ދުވަސްވަރު އެފަދަ ހާލަތަކަށް ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓެއް ދިޔުމަކީ ކަންބޮޑުވުން ބޮޑު ކަމެކެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ފިރާގް ވިދާޅުވި ގޮތުގައި، މިހާރު ވެސް ފަސް ޖެޓު ނުރުފިފައި އެބައޮތެވެ. އެކަމުގެ ކަންބޮޑުވުމާއެކު ފިރާގް ވިދާޅުވީ ޕްރައިވެޓު ޖެޓުގައި މުއްސަނދިން ރާއްޖެއަށް އަންނަނީ ބޭނުން ވަގުތަކު ފުރަން ބޭނުންވާތީ ކަމަށެވެ.

އެހެން ކަމުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން 24 ގަޑިއިރު ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވުމަށް ވުރެ، އެބޭފުޅުންނާ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުން މުހިންމު ކަމަށް ފިރާގް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ދުވަސްވަރެވެ. މި ދުވަސްވަރު ޕްރައިވެޓް ޖެޓުތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވެފައިވާއިރު، މިފަދަ ދުވަސްވަރަކަށް ރާއްޖޭގައިވާ ބައިނަލްއަގުވާމީ ކޮންމެ އެއާޕޯޓަކުން ވެސް ތައްޔާރުވެއެވެ. އެހެން ނަމަވެސް މި ފަހަރު ޕްލޭނިންގ ދަށް ކަމަށް ފިރާގު ވެސް ވިދާޅުވިއެވެ.
އަނެއްކޮޅުން މާފަރު އެއާޕޯޓަކީ އެފަދަ ޖެޓުތައް، ރާއްޖޭގައި އެންމެ ގިނައިން ޕާކު ކުރާ އެއް އެއާޕޯޓު ވެސް މެއެވެ.