ޚަބަރު

މި ސަރުކާރުން މަހުގެ އަގު ވައްޓާލުމަށް ފަހު، ކިރުވާ މަހަށް ފައިސާ ނުދޭތާ މިހާރު ދެމަސް - މަސްވެރިން

ދިޔަވަރު
މި ސަރުކާރުން މަހުގެ އަގު ވައްޓާލުމަށް ފަހު، ކިރުވާ މަހަށް ފައިސާ ނުދޭތާ މިހާރު ދެމަސް  - މަސްވެރިން

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ކިރުވާ މަހައް ފައިސާ ނުލިބޭތާ ދެމަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބައެއް މަސްވެރިން ބުނެފި އެވެ.

ރާއްޖޭގެ އުތުރުގައި އެންމެ ފުޅާ ދާއިރާއެެއްގައި މަސްވެރިކަން ކުރާ ހއ. އިހަވަންދޫ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ ފައިސާ ނުލިބި ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމުގެ ޝަކުވާ މަސްވެރިން ކޮށްފައިވާ ކަމަށެވެ.

"ފައިސާ ނުލިބި ދެ މަހަށްވުރެ ގިނަ ވެފައިވާ ކަމަށް މަސްވެރިން ބުނަމުން ދަނީ،" އެ ޖަމިއްޔާގެ އިސް ބޭފުޅަކު ބުންޏެވެ.

ތ. ގުރައިދޫ މަސްވެެރިން ގެ ޖަމިއްޔާއިން ވަނީ އެ ރަށުގެ މަސްވެރިންގެ ކަންބޮޑުވުން، ވީޑިއޯ މެޖެސަކުން، މީގެ ދެ ދުވަސް ކުރިން ފޭސްބުކް ގައި ހިއްސާކޮށްފަ އެވެ.

"މިހާރު ދެތިން މަހޭ މިވަނީ ލާރިކޮޅު ނުލިބިގެން އުޅޭތާ، އެއް ރަށަކަށް ވެސް އެބަ އުޅެއޭ ފަންސާހަކަށް މިލިއަން ރުފިޔާ، ކީއްވެގެންތޯ އޭ ލަސްވެެގެން މިދަނީ، މަސްވެރިން މި ތިބީ ވަރަށް ދަތިވެފައި،" ގުރައިދޫގެ މަސްވެރިއަކު ވީޑިއޯ މެސެޖެއްގައި ބުނެފައިވެ އެވެ.

ސަރުކާރުން ވަނީ، ރައީސް ސޯލިހް ސަރުކާރުގައި މަސް ކިލޯއަކަށް 25ރ ހަމަ ޖެއްސުމުން އެކަން ބޮޑު ކަމަކަށްވެ، ކިލޯއެއް 20ރ އަށް ތިރި ކޮށްފައެވެ.

ޕީޕީއެމްގެ އެންމެ ފަހުން ނިމުނު ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދީ 6 މަސް ދުވަސް ވެފައި ވާއިރު، އެ ފައިސާ ދީފައި ވަނީ އެމްޑީޕީ ސަރުކާރުންނެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓައިގެން އުޅޭތާ މިހާރު 2 މަސް ދުވަސް ވެފައިވުމުން، މަސްވެރިން ދަނީ މުއިއްޒުއާއި މެދު ހިތްހަމަ ނުޖެހި، ކުރިން މުއިއްޒަށް ވޯޓު ލެވުނީތީ އެކަމާއި މިހާރު ހިތާމަ ކުރަމުންނެވެ.