ޚަބަރު

އިމާމުވެ ހުކުރު ކުރެއްވުމަށް 40 މީހުން ގޮވައިގެން މުއިއްޒު ޗައިނާއަށް

ދިޔަވަރު
އިމާމުވެ ހުކުރު ކުރެއްވުމަށް 40 މީހުން ގޮވައިގެން މުއިއްޒު ޗައިނާއަށް

40 މީހުން ގޮވައިގެން މިރޭ 11:45 ގައި، ސިންގަޕޫރ އެއަލައިން ފްލައިޓް ނަމްބަރ އެސް.ކިއު 437 އިން މުއިއްޒް ޗައިނާއަށް ފުރާ ވަޑައިގަތުމަށް އިންނެވީ އެއަރޕޯޓްގެ ވީއައިޕީ ގައެވެ. ހެދުނު 5:30 ގައި ސިންގަޕޫރަށް ފްލައިޓް ޖެއްސުމަށް ފަހު، ސިންގަޕޫރުގައި ޓްރާންސިޓް ކުރެއްވުމަށްފަހު، މުއިއްޒު ބެއިޖިންގ އަށް ދަތުރު ފައްޓަވާނެއެވެ. ރާއްޖެ ދަރާ އޮތް ކަމަށް ކެމްޕެއިންގައި ވިދާޅުވެ، ބަޖެޓުގައި ފައިސާ ނެތްކަމަށް ތަކުރާރު ކޮށް ވިދާޅުވެ، ރާއްޖޭގެ އެކި ރަށްރަށުގައި ހިނގަމުންދާ ޕްރޮޖެކްޓްތައް ހުއްޓާލާފައި، 40 މީހުން ގޮވައިގެން މުއިއްޒު ޗައިނާއަށް މި ވަޑައިގަންނަވަނީ، އިމާމުވެ ހުކުރު ކުރެއްވުމަށްތޯއެވެ؟

މީގެ ކުރިން ދަތުރު ކުރާ ހުރިހާ ފުރަމާނަ ދަތުރުތަކުގައި ރާއްޖޭގެ ރައީސުން ވަޑައިގަންނަވާފައި ވަނީ، އެޤައުމުތަކުން ފޮނުވާ ހާއްސަ ޖެޓް ތަކުގައެވެ. ކޮމާރޝަލް އެއަރލައިން ތަކުގައެއް ނޫނެވެ.

މި ދަތުރުގައި މުޅި ފަސްޓް ކުލާހާއި، ބިޒްނަސް ކުލާސް އެއްކޮށް ވަނީ މުއިއްޒު ގެންދަވާ ވަފްދުގެ ބޭފުޅުންނަށްޓަކައި ސަރުކާރުން ހަރަދު ކޮށް ގަނެލާފައެވެ. ރައީސް ސޯލިހްގެ 5 އަހަރުގައި ގިނަ ދަތުރު ތަކެއް ކުރެއްވި އިރުވެސް، ދުވަހަކުވެސް މުޅި ފަސްޓް ކުލާހާއި، ބިޒްނަސް ކުލާސް އެއްކޮށް ފުލްކޮށް ނަންގަވައިގެން ދަތުރު ނުކުރައްވައެވެ. މިއީ އަދި ރާއްޖޭގެ ތާރީހެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން ރާއްޖޭގެ ރައީސްއަކު ކުރެއްވި ދަތުރެވެ. 5 އަހަރުގެ ދައުރެއް ނިންމެވި އިރު، ބޭރުގެ އެތައް ޤައުމަކަށް ކުރީ ސަރުކާރުން ދަތުރު ކުރެއްވި އިރު 40 މީހުން ގެންދާހާ ވަރުގެ ދަތުރަކާއި ރައީސް ސޯލިހުއަކަށް ދިމާވެފައި ނުވެއެވެ. އެންމެ ގިނައިން ވެސް، ސަރުކާރުން ހަރަދު ކޮށްފައިވަނީ 20 ވަރަކަށް މީހުންނަށެވެ. ދައުލަތުގައި ފައިސާ ނެތިގެން، އާންމު ފަރާތްތަކުގެ އަތުން ބޮންޑު ގަނެގެން ދައުލަތް ހިންގާކަމަށް ބުނާ ބަޔަކު މިއީ ކުރަން ހެޔޮވާވަރުގެ އިސްރާފެއް ތޯއެވެ.

މި ދަތުރުގައި، މަކުނޫދޫގައި ޗައިނާއިން މިލިޓަރީ ބޭސް އެއް އަޅަން ސޮއިކުރުމަށް ހަމަޖެހިފައި ވާއިރު،، މިކަން އޮޅުވާލައިގެން މީޑިޔާއަށް ގެނައުމަށްޓަކައި، މަދު ނޫސްވެރިން ތަކަކަށް ރިޝްވަތު ދީގެން މުއިއްޒު ވަނީ މިދަތުރުގައި އެމީހުން ބައިވެރި ކޮށްފައެވެ. އެމީހުންގެ ހުރުމާއި ކެއުމާއި، ދަތުރު ޚަރަދަށް 1.5 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދު ކޮށްފައެވެ.