ޚަބަރު

ވިސާއާ ނުލައި ކޮންމެ ޤައުމަކުންވެސް ރާއްޖެ އާދެވޭ ގޮތަށް އޮއްވައި، ޗައިނާއިން ރާއްޖެއަށް ވިސާ އާއި ނުލައި އާދެވޭ ގޮތަށް އެއްބަސް ވުމެއްގައި މުއިއްޒު ސޮއިކޮށްފި!

ދިޔަވަރު
ވިސާއާ ނުލައި ކޮންމެ ޤައުމަކުންވެސް ރާއްޖެ އާދެވޭ ގޮތަށް އޮއްވައި، ޗައިނާއިން ރާއްޖެއަށް ވިސާ އާއި ނުލައި އާދެވޭ ގޮތަށް އެއްބަސް ވުމެއްގައި މުއިއްޒު ސޮއިކޮށްފި!

ވިސާއާ ނުލައި ދުނިޔޭގެ ކޮންމެ ޤައުމެއްގެ ރައްޔިތަކަށްވެސް ރާއްޖެ އާދެވޭ ގޮތަށް ޤާނޫނު އޮއްވައި، ޗައިނާއިން ރާއްޖެއަށް ވިސާއާއި ނުލައި އާދެވޭ ގޮތަށް އެއްބަސް ވުމެއްގައި މުއިއްޒު ސޮއިކޮށްފިއެވެ. މިގޮތަށް ވިސާއާ ނުލައި ޗައިނާ ރައްޔިތުންނަށް 30 ދުވަހުގެ މުއްދަތަށް ރާއްޖެ އާދެވޭ ގޮތަށް ހަމަ ޖައްސާފައި ވާކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ރާއްޖެއަށް ހުރިހާ ޤައުމަކުން ވިސާއާއި ނުލާ އަދެވޭ ގޮތަށް އޮއްވާ މިގޮތަށް މިކަން ކުރި ސަބަބެއް ވަނީ ސާފު ނުވެފައެވެ.

ސޯޝަލް މީޑިޔާގައި ރާއްޖޭގެ ރައްޔިތުން ދަނީ މުއިއްޒު ކޮންމެ ފަދަ މޮޔަ ކަމެއް ވެސް ކޮށްފާނެ ކަމަށް ބުނެ މުއިއްޒަށް ޖޯކު ޖަހަމުންނެވެ.

މީގެ އިތުރުން މަކުނޫދޫގައި ޗައިނާގެ މިލިޓަރީބޭސް އެއް އެޅުމަށާއި، ތަފާތު ގޮތް ނޭނގޭ ބައެއް އެއްބަސް ވުންތަކުގައި މި ދަތުރުގައި ސޮއި ކުރަން ހަމަޖެހިފައި ވާކަމަށް ދިޔަވަރު.ކޮމް އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ވިޔަސް، ދަތުރު ކުރެއްވީ ކޮމާޝިއަލް އެއަރލައިނެއްގައެވެ. ޗައިނާއިން މުއިއްޒު ބަލާ ޖެޓެއް ފޮނުވާފައެއް ނުވެއެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ 40 މީހުން ހިމެނޭ ވަފުދެއް ބައިވެރިވެފައި ވާއިރު، މީގެ ތެރޭގައި ގިނައީ ކަމާއި ނުގުޅޭ މީހުންނެވެ.