ޚަބަރު

40 ރެއާއި، 40 ދުވަސް ވަންދެން 40 މީހުން ލައްވައި ވެރިކަން ހޯދަން ސިހުރު ހަދައި ދިމްޔާތުގައި ކިޔެވެލި ކިޔެވި!

ދިޔަވަރު
40 ރެއާއި، 40 ދުވަސް ވަންދެން 40 މީހުން ލައްވައި ވެރިކަން ހޯދަން ސިހުރު ހަދައި ދިމްޔާތުގައި ކިޔެވެލި ކިޔެވި!

40 ރެއާއި، 40 ދުވަސް ވަންދެން 40 މީހުން ލައްވައި ވެރިކަން ހޯދަން ސިހުރުހަދައި ދިމްޔާތުގައި ކިޔެވެލި ކިޔެވި ކަމަށް އިތުބާރު ހުރި މަސްދަރަކުން ދިޔަވަރު.ކޮމް އަށް މައުލޫމާތު ލިބިއްޖެއެވެ. މިކަން ކުރިއަށް ގެންގޮސްފައިވަނީ އަބްދުއްރަހީމްގެ ބެލުމުގެ ދަށުން ކަމަށާއި، މިކަމުގައި ބައިވެރިވި މީހުން މިވާހަކަ ދައްކަން ފަށާފައިވަނީ، ސިހުރައަށް ކިޔެވި މީހުންގެ ތެރެއިން ބަޔަކު މީހުންނަށް ދޭން ބުނި އުޖޫރަ ފުރިހަމައަށް ނުދިނުމުން، އުފެދުނު ނުތަނަވަސް ކަމުގެ ސަބަބުން ކަމަށް މައުލޫމާތް ދިން މަސްދަރުން ހާމަ ކުރިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު އެނގި ހުރި ފަރާތަކުން ދިޔަވަރު.ކޮމް އަށް ކިޔައިދިން ގޮތުގައި، ސިހުރު ހަދަން މުއިއްޒު ފަށާފައި ވަނީ އެންމެ ފުރަތަމަ ރައީސް ޔާމީން ގޭ ބަންދަން ދޫކޮށްލުމުންނެވެ. އެކަމާއި ގުޅިގެން ރައީސް ޔާމީން ހެންވޭރު ކޮޅުގައި ހުންނަވާ ގެއާއި ދިމާލަށް އޮންނަ ސަރަހައްދުގައި ސިހުރު ހަދާފައި ގަހެއް އިންދާފައި ވާކަމަށާއި، އޭޭގެ ފަހުން، ސަލްޓަން ޕާކު ވިނަތަކެއް ނޮޅައި، އަލުން ވިނަ އިންދީ ސިހުރު ވެރިއަކު ދިން މަޝްވަރާއަށް ކަމަށެވެ.

މިއީ އެނގިގެން ހިންގާފައިވާ ސިހުރައިގެ ކަންކަން ކަމަށާއި، މި ނޫނަސް ސިހުރައިގެ އެތައް ކަމެއް ވެރިކަން ހޯދުމަށް މުއިއްޒު ކޮށްފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައި މައުލޫމާތު ދިން ފަރާތުން ކިޔައިދިނެވެ.

40 ރެއާއި، 40 ދުވަސް ވަންދެން 40 މީހުން ލައްވައި ވެރިކަން ހޯދަން ސިހުރުހަދައި ދިމްޔާތުގައި ކިޔެވެލި ކިޔެވި ވާހަކަ އެކަމުގައި ބައިވެރިވި އެކި ފަރާތްތަކުން މިހާރު މާލެ ތެރޭގައި ކިޔަމުންދާއިރު، ސިހުރަކީ މާތްﷲ ހަރާން ކުރައްވާފައިވާ ފިތުނައެކެވެ. އަދި އެކަމުގެ ނުބައި ކަމުގެ ވާހަކަ ޤުރުއާނުގެ މާތްﷲ ބަޔާން ކުރައްވާފައިވާ ކަމެކެވެ.